ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުން ދެމުން އަންނަ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަށް ބޭނުންވާ އަދަދަށް ސޮއި ހަމަވެއްޖެއެވެ.
މި ހިނގާ މަހުގެ 12 ވަނަ ދުވަހު މިދުއަމް ސައުދު އިސްނަގައިގެން ފެށި މި ޕެޓިޝަނަށް މިއަދު މެންދުރުގެ ނިޔަލަށް 2،117 ސޮއި ވަނީ ހަމަވެފައެވެ. މިއާއެކު މި ޕެޓިޝަން މިހާރު ވަނީ "ހާއްސަ ދަރަޖައިގެ" ޕެޓިޝަނަކަށް ބަދަލުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބަޔާންކުރަނީ، ޕެޓިޝަނަކަށް ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް (2،100 ސޮއި) ހަމަވެއްޖެ ނަމަ، އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަކަށް ދިރާސާކުރަން ފޮނުވަން ލާޒިމުވާނެ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މަޖިލީހުގެ ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި އެޖެންޑާކޮށް، ތަޅުމުގައި ބަހުސްކުރަން ވެސް ޖެހޭނެ އެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައި ވަނީ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން، އަދި އެ ބޭފުޅުންގެ އާއިލާތަކަށް ރާއްޖެ އާއި ސާކް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ އިންޝުއަރެންސް ލިބެން ޖެހޭ ކަމަށް ބުނާ ގާނޫނީ މާއްދާތައް އުވާލުމަށެވެ. އަދި ހުރިހާ މެމްބަރުންނަކީ ވެސް އާންމު އެހެން ރައްޔިތުންނެކޭ އެއްފަދައިން ގައުމީ ސިއްހީ އިންޝުއަރެންސް (އާސަންދަ) ގެ ދަށުން ޚިދުމަތް ލިބޭ ބަޔަކަށް ހަދައި، އާންމުންނަށް ނުލިބޭ އެއްވެސް ޚާއްސަ ސިއްހީ އިނާޔަތެއް މެމްބަރުންނަށާއި އެ ބޭފުޅުންގެ އާއިލާތަކަށް ނުލިބޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވެސް މި ޕެޓިޝަނުގައި ވަނީ ގޮވާލާފަ އެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 7 ވަނަ ބާބުގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ކޮންމެ މެމްބަރަކަށާއި އެ މެމްބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖެ އާއި ސާކް ސަރަހައްދުގެ ގައުމުތަކުގެ އިތުރުން އޭޝިއާގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއް ހަމަޖައްސައިދޭން ޖެހެ އެވެ. އަދި ކުރީގެ މެމްބަރުންނަށް ވެސް މިފަދަ އިންޝުއަރެންސް ލިބިދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.
މި އިންތިޒާމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި އަހަރަކު 1 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކަވަރޭޖެއް މިހާރު ވެސް ލިބެމުންދެ އެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އިތުރުވެފައިވާއިރު، މި ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ވަރަށް އަވަހަށް ބަހުސް ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު