މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ގާއިމްކޮށްފައިވާ އެކި އޮފީސްތަކަށް 26 އެސިސްޓެންޓް އޮފިސާ ޓްރެއިނީން ހޯދުމަށް އިއުލާންކޮށްފިއެވެ.
މި ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ ސަރުކާރުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ދިވެހި ވަތަނީ ހިދުމަތް ފުރިހަމަކޮށްފައިވާ ކުދިންނަށްވެސް ކުރިމަތިލެވޭ ގޮތަށެވެ.
ޒުވާނުންނަށް އިސްކަންދީގެން ހުޅުވާލި މި ފުރުސަތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.
މި މަގާމުގެ އަސާސީ މުސާރައަކީ 5،000 ރުފިޔާއެވެ. ނަމަވެސް އެލަވަންސްގެ ގޮތުގައި ލިބޭ 4،660 ރުފިޔާއާއި، ހާޒިރީ އިނާޔަތާއި، ކޮއްތު ފައިސާ އަދި އިތުރުގަޑީގެ ފައިސާއާއެކު މަހަކު ޖުމްލަ 11،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބޭނެއެވެ.
މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލްއިން ދެ މާއްދާއިން D ފާސް އަދި ދިވެހިން C ފާސް ލިބިފައިވުމާއެކު ފިޒިކަލް ޓެސްޓުން ފާސްވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުން ނުވަތަ ވަތަނީ ހިދުމަތް ފުރިހަމަކޮށްފައިވުން ހިމެނެއެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު