ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.



ސަރުކާރުން މި ނިންމެވުން ނިންމަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ބުނީ އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ. ސަރުކާރުގެ މި ނިއްމުމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު