ދިވެހިރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކާއި މީސްމީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް، ދޮގު ޚަބަރުތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސުލޭޓެއް ޤާއިމުކުރުމާ މެދު ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އަދި މިފަދަ ކަމަކީ ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން މެނުވީ ނިންމޭނެ ކަމެއް ނޫން ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މީސްމީޑިއާގެ އެކި މަންސަތަކުގައްޔާއި ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުގައި، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ޤާއިމުކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ކަމަށް ދޭހަވާ ގޮތަށް ވަނީ ޚަބަރުތައް ފަތުރާފައެވެ. ނަމަވެސް، ސަރުކާރުގެ ފަރާތުން މިކަން މުޅިން ދޮގުކޮށްފައިވާއިރު، މިފަދަ ނިންމުމެއް ސަރުކާރުން އަދި ނިންމާފައި ނުވާކަން ފޮރިން މިނިސްޓްރީން ވަނީ ޔަޤީންކޮށްދީފައެވެ.
މީގެއިތުރުން، މިފަދަ ހަޤީޤަތާ ޚިލާފު ޚަބަރުތައް ފެތުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމަކަށް ވާތީ، ނޫސްތަކުގައްޔާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މަޢުލޫމާތު ޝާއިޢުކުރުމަކީ މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ރައްޔިތުންގެ ހޭލުންތެރިކަމަށާއި ޤައުމުގެ މަޞްލަޙަތަށްޓަކައި، ކަމުގެ ހަޤީޤަތް ރަނގަޅަށް ސާފުކުރުމަށްފަހު މެނުވީ މިފަދަ ޚަބަރުތައް ނުފެތުރުމަށްވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު