ގާނޫނުއަސާސީއާ ހިލާފު ގާނޫނުތަކަށް ތަބާނުވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތިން ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާ ވާހަކަ މީޑިއާތަކުގައި ރިޕޯޓުކުރުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިސްލާހު ގެނައުމާ ގުޅިގެންނެވެ.
އެކަމަށް އިޝާރަތްކުރައްވައި ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮކިއުމެންޓރީއާ ގުޅޭ މައްސަލައިގައި "ގެގް އޯޑަރެއް" ނެރުމަށްފަހު، ޑޮލަރުގެ ރޭޓު މަތިވަމުންދާ ވާހަކަ އޮއްބާލުމުގެ މަގުސަދުގައި ސަރުކާރުން މިހާރު ގާނޫނެއް ހަދަން އުޅޭ ކަމަށެވެ. އަދި ގައުމުގައި ޑޮލަރުގެ ދަތިކަން އުފެދެން ދިމާވި ހަގީގީ ސަބަބަކީ ސަރުކާރުގެ ގާބިލުކަން ނެތުމާއި، ކުރަމުންދާ ބޮޑެތި އިސްރާފުތައް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ އަނގަ ބަންދުކުރަން މަސައްކަތް ކުރިނަމަވެސް، ޑޮލަރުގެ ވާހަކަ ދިވެހިން ދައްކާނެ ކަމަށާއި ނޫސްތަކުންވެސް އެ ވާހަކަތައް ލިޔާނެ ކަމަށެވެ.
މީގެއިތުރުން، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖެ ނޯތު ކޮރެއާގެ ހާލަތަށް ވައްޓާލެވިފައިވާ ކަމަށް ސިފަކުރައްވައި، ގާނޫނުއަސާސީއާ ހިލާފަށް ހަދާ އެއްވެސް ގާނޫނަކަށް އަމަލުނުކުރުމަށް ފައްޔާޒް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށްޓަކައި އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުން، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމެޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ މަތީ ރޭޓުތަކުގައި ކުރެވޭ ބޭރު ފައިސާގެ ވިޔަފާރިތައް ޕްރޮމޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު