ރާއްޖޭގެ ކަޅުބާޒާރުގައި (ބްލެކް މާކެޓު) ޑޮލަރު ވިއްކާ ރޭޓުތައް ނޫސްތަކުގައި ރިޕޯޓުކުރުން ޖިނާއީ ކުށަކަށް ހަދައި، ފަސް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފޮރިން އެކްސްޗޭންޖް ބިލަށް އިސްލާހު އަނބުރާ ގެންދަން އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާލީ ދާއިރާގެ ގާނޫނެއްގެ ތެރެއިން މިފަދަ އިސްލާހެއް ގެނައި ކަމުގައި ވިޔަސް، މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ބިރުދެއްކުމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް ކަމަށެވެ. ނޫސްވެރިން ރިޕޯޓުކުރަނީ ރައްޔިތުންނަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ އަސްލު އަގުތައް ކަމަށާއި، ނޫސްވެރިންނަށް އަދަބު ދިނުމަކީ ޑޮލަރުގެ އަގު ދަށްވާނެ ކަމެއް ނޫން ކަމަށްވެސް އެޕާޓީން ބުނެއެވެ.
އެމްޑީޕީން ބުނީ އަސްލު ރޭޓުތައް ފޮރުވުމުން މާކެޓް އިތުރަށް ވަގުވިޔަފާރީގެ ތެރެއަށް ސިއްރުވެ، ކަށަވަރު މައުލޫމާތުގެ ބަދަލުގައި ދޮގު ހަބަރުތައް ފެތުރި، އާންމުންނާއި ވިޔަފާރިވެރިންގެ އިތުބާރު މުޅިން ގެއްލިގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނިގޮތުގައި މިއަދު ގައުމު ތަހައްމަލު ކުރަމުންދާ އިގްތިސާދީ ނާޒުކު ހާލަތަކީ ސަރުކާރުގެ އަމަލުތަކުގެ ނަތީޖާއެވެ. ވޯލްޑް ބޭންކާއި އައިއެމްއެފްއިން ދަރަނި ބޮޑުވުމުގެ އިންޒާރު ދެމުންދާއިރު، ސަބްސިޑީއާއި ދައުލަތުގެ ކުންފުނިތައް (އެސްއޯއީ) އިސްލާހުކުރުން ފަދަ މުހިންމު ފިޔަވަޅުތައް ސަރުކާރުން ފަސްކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ގައުމީ ދަރަނި ޖީޑީޕީގެ 130 އިންސައްތައާ ގާތްކުރާއިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ މަހަކަށްވުރެ ކުޑަ ދުވަސްކޮޅެއްގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ ކަން ފާހަގަކޮށް އެމްޑީޕީން ބުނީ ސަރުކާރުން މައްސަލައިގެ އަސްލަށް ޖަވާބުދާރީވުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރިޕޯޓުކުރާ ފަރާތްތައް ކުށްވެރިކުރުމަށް ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ސަރުކާރުގެ ސުޕަރ-މެޖޯރިޓީ އޮންނަ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނުކުޅެދިފައިވާތީ، ސަރުކާރުގެ އިސްރާފާއި ދަރަނި ސުވާލުގެ ތެރެއަށް ގެނެވޭނެ އެންމެ ފަހު ވަސީލަތަކީ މިނިވަން ނޫސްވެރިކަން ކަމަށެވެ.
އެމްޑީޕީން ވަނީ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުންނަށް އިލްތިމާސްކޮށް، މި އިސްލާހުތައް ފުރިހަމައަށް އަނބުރާ ގެންދެވުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓެވުމަށް ގޮވާލާފައެވެ. އަދި ޑޮލަރުގެ ރޭޓު ރިޕޯޓުކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަކުން ރިޒާވަށް އެންމެ ޑޮލަރެއްވެސް އިތުރުނުވާނެ ކަމަށާއި، އިގްތިސާދީ މައްސަލަތަކަށް ހައްލު ލިބޭނީ ހަރަދުތައް ކުޑަކޮށް، އިސްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކޮށްގެން ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު