ސިވިލް ކޯޓުގެ ގާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުުނެފި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޟީ ޢަބްދުﷲ އިޙްސާން މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތަށް ވަގުތީގޮތުން މަގާމުގެ މަސައްކަތުން ދުރުކުރުމަށް ނިންމުމާ ގުޅިގެން، މިހާރު ސިވިލް ކޯޓަށް ހުށަހެޅިފައިވާ ވަކި މައްސަލައަކާ ގުޅުވައިގެން މީޑިއާތަކުގައި މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ އޭނާގެ މައްޗަށް ރައްދުވާގޮތަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އެކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ މި ނިންމުން ނިންމާފައިވަނީ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކޮށް، ގާޟީ އިޙްސާންގެ ބަޔާނާއި އިތުރު ފަރާތްތަކެއްގެ ބަސް ހޯދުމަށްފަހުގައި ކަމަށެވެ. އަދި އޭނާ މަސައްކަތުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީއާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ މަގުސަދުގައި އެ ފިޔަވަޅު އެޅީކަމަށް ޖޭއެސްސީން ބުންޏެވެ.
މީގެ ކުރިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ގާޟީ ސަސްޕެންޑްކުރީ ލެގޫންސް ސްޕޯޓްސް ކްލަބްގެ އިންތިހާބާ ގުޅޭ ގޮތުން ދަންވަރު ވަގުތެެއްގައި ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު