މާލޭ މަސް މާރުކޭޓު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއެއް ހިންގައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 22:08 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރެއްވެސް އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް