ބާރު ސްޕީޑުގައި ދުއްވި ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ، ހުޅުމާލެ ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައިފިއެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުން މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި ކާރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެއްޓި ކާރު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.ހުޅުމާލެއަށް އަރާ ހިސާބު ހައިވޭގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ޚިދުމަތުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:42 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ފުރޮޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުޤީޤުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް