މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވައިދާ ޚިލާފުވުމުގެ ސަބަބުން، ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުން އައި "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ލައިސަންސް ބާތިލްކުރަން ނިންމީ މަނީ އެކްސްޗޭންޖް ވިޔަފާރިތައް ސުޕަވައިޒްކުރުމުގެ ތެރޭގައި އެ ކުންފުނިން ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަވެފައި ވުމުން ކަމަށެވެ. އެމްއެމްއޭ އިން ވަނީ، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ހަމައެއާއެކު ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައިވެއެވެ.
ބާތިލްކުރި ލައިސަންސް ދޫކޮށްފައިވާ ކުންފުންޏަކީ އަހްމަދު ސިނާޒް އަދި އަމްޖަދު އިސްމާއިލް ކިޔާ މީހަކު ހިއްސާވެގެން 2024 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކައެވެ. ޓިއާ 1 ކެޓަގަރީގައި މި ކުންފުންޏަށް، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ އެންމެ ފަހުން ދޫކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.
އެމްއެމްއޭއިން މިފިޔަވަޅު އަޅާފައިވާއިރު، ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ފަސް މިލިއަން ރުފިޔާއާ ހަމަޔަށް ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ކަނއަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.
އަދި އެ ކުށެއް ކުރުމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާ ނަމަ، އެ ފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ބިލްގައި ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު