މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ނުވަތަ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ އެއްވެސް ފަރާތަކާއެކު، އެފަދަ އެއްވެސް މުޢާމަލާތެއް ނުކުރުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ޤާނޫނާއި މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި މިފަދަ މުޢާމަލާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކުށެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެހެންކަމުން، ބޭންކެއް ފިޔަވައި އެހެން ފަރާތަކާއެކު ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތެއް ކުރާނަމަ، އެ ފަރާތަކީ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. ރާއްޖޭގައި މި ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުގެ އަދާހަމަ ލިސްޓް އެމްއެމްއޭގެ ވެބްސައިޓުން ބެލޭނެ ކަމަށާއި، މި މަހުގެ 09 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސް ދޫކޮށްފައިވާ 59 ފަރާތެއްގެ މަޢުލޫމާތު މިހާރު ޢާންމުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އެމްއެމްއޭއިން ކަނޑައަޅާ ރަސްމީ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުން ކުށަކަށް ހަދައި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ތަޞްދީޤު ކުރަށްވާފައެވެ. މި ޤާނޫނުގެ ދަށުން، އެމްއެމްއޭގެ ރޭޓާ ޚިލާފަށް ބޭރު ފައިސާ ވިއްކައިފިނަމަ ނުވަތަ ވިއްކަން މަސައްކަތް ކޮށްފިނަމަ، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން، ޤާނޫނާއި ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްކުރި މަނީ ޗޭންޖަރެއްގެ ލައިސަންސްވެސް އެމްއެމްއޭއިން ދާދި ފަހުން ވަނީ ބާޠިލުކޮށްފައެވެ.
ރާއްޖޭގައި ބޭރު ފައިސާގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ފާއިތުވި ނުވަ ދުވަހުގެ ތެރޭގައި އެކަނިވެސް 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ދާދިފަހުން ވަނީ ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު