ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ބިނާކުރުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ކިޔާނެ އެކަށޭނަ ނަމެއް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންނަށް ހުޅުވާލައްވައިފިއެވެ.
މިނިސްޓަރު ޝަހީމް ފޭސްބުކްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ހިޖުރީ ގޮތުން ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން އިމާރާތްކުރާ މި ތާރީޚީ މިސްކިތަށް އެންމެ ގުޅޭނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮންނާނެއެވެ.
ސައޫދީ އަރަބިއްޔާގެ ކުންފުންޏެއްގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ، އިސްލާމީ އަދި ދިވެހި ސަގާފީ ފަންނުވެރިކަން ދައްކުވައިދޭނެ ފަދަ ފުރިހަމަ ފަރުމާއަކަށް ތަރައްޤީކުރެވޭ ބިނާއެކެވެ. މިއީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ އިތުރުން، އީމާންތެރިކަމާއި އިލްމީ އަދި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެއެވެ.
މި ކޮމްޕްލެކްސްގެ ތެރޭގައި ވަޤުފު އަދި ވިޔަފާރި ބިނާތަކުގެ އިތުރުން ތަނަވަސް ޕާކިންގ ސަރަޙައްދެއް ހިމެނޭނެއެވެ. އަދި ވަޤުފު އިމާރާތްތަކުން ލިބޭ މާލީ މަންފާ ޚާއްޞަކުރެވޭނީ ރާއްޖޭގެ ދީނީ ކަންކަން ކުރިއެރުވުމަށެވެ.
މިސްކިތުގެ އެންމެ ފަހުގެ ޑިޒައިން ފައިނަލްވުމުން ޖާގައިގެ ފުރިހަމަ އަދަދު ކަށަވަރުވާނެ ނަމަވެސް، މި ބިނާ ވެގެންދާނީ އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ޖާގަ ތަނަވަސް މިސްކިތަކަށް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު