ފަލާޙު ޕްރީސްކޫލަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ސްކޫލުގެ އައު ވެބްސައިޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާއަށް، ސްކޫލުގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރު ވަނީ ރަންޔޫބީލްގެ ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ޖަލްސާގެ ތެރެއިން، ފަލާޙު ޕްރީސްކޫލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފައިވާއިރު، އެ ސްކޫލުގެ ލޯގޯ ފަރުމާކުރި ފަރާތްތަކަށްވެސް ވަނީ ސެޓްފިކެޓު ދީފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލްޤާރީ އަލްހާފިޡު އަބޫބަކުރު ވަނީ ސްކޫލުގެ ތާރީޚުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ފަލާޙު ޕްރީސްކޫލަކީ 1961 ވަނަ އަހަރު މަރްހޫމް އަބޫބަކުރު އިބްރާހިމް އުފެއްދެވި "ޖަމިއްޔަތުލް ފަލާޙު" ގެ ދަށުން ހިންގަމުން އަންނަ މުއައްސަސާއެކެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން 20 ޖަނަވަރީ 1976 ގައި "މަދަރުސަތުލް ފަލާޙު" ނަމުގައި ކިޔަވައިދޭން ފެށި މި ސްކޫލުގެ ނަން "ފަލާޙު ޕްރީސްކޫލް" އަށް ބަދަލުކުރެވުނީ 23 ޑިސެމްބަރު 2001 ގައެވެ.
މަދު ދަރިވަރުންކޮޅަކާއެކު ފެށުނު ނަމަވެސް، މިހާރު ދެ ދަންފަޅިއަށް ނާސަރީ އާއި ބޭބީ ނާސަރީ ކްލާސްތައް ހިންގަމުންދާ މި ސްކޫލަކީ ޒަމާނީ ވަސީލަތްތަކާއެކު ތަމްރީނުވެފައިވާ މުދައްރިސުންނާއެކު ކިޔަވައިދެމުންދާ ތަނެކެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މި ސްކޫލުގައި ކިޔަވައިދެމުން ދަނީ ރާއްޖޭގެ ޤައުމީ މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު