ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްތަކުގެ އަމަލުތައް ހުރި ގޮތުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި ކޮންމެ އަތޮޅަކީ ވަކި ސަރުކާރެއްގެ ގޮތުގައި ދައުވާކުރާ ހިސާބަށް ކަންކަން ގޮސްދާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ފާޅުކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް މިފަދައިން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަންތަކުގެ ބަހުސްގެ ތެރެއިންނެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ގޮތް ހެދުމަށް ހިމަނާފައިވާއިރު، އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ޕެޓިޝަނާއި ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލާ ޕެޓިޝަނުގެ ބަހުސް ވަނީ އެޖެންޑާކޮށްފައެވެ.
ޖަލްސާގައި ގާނޫނުއަސާސީ ނަންގަވައިގެން ހުންނަވައި ސަލީމް ފާހަގަކުރެއްވީ، ރާއްޖެއަކީ ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބުނެފައިވީ ނަމަވެސް، ބައެއް ކައުންސިލްތަކަށް އެއީ ވަކި ސަރުކާރެއްގެ ގޮތުގައި ހީވެ، ދައުލަތުގެ ސިފަ ބަދަލުވާ ފަދަ ގޮތަކަށް އަމަލުކުރަމުންދާ ކަމަށެވެ.
އެގޮތުން ދެ ރަށެއްގެ ދެމެދުގައި އުފެދުނު މައްސަލައެއްގައި، ކައުންސިލްތަކުގެ ނުފޫޒުން އެއް ރަށުން އަނެއް ރަށަށް ނޭރޭ ހިސާބަށް ކަންކަން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ، މިގޮތަށް ކަންކަން ދާނަމަ ކުރިއަށް އޮތް 10 އަހަރު ތެރޭގައި މައި ސަރުކާރަށް ބާރު ނުފޯރުވޭނެ ކަމަށް ބުނެ، ކޮންމެ އަތޮޅަކުން ވަކި ސަރުކާރެއްގެ ގޮތުގައި ދައުވާކުރަން ފަށާފާނެ ކަމަށެވެ.
އަދި އެއީ އެމްޑީޕީއަކުން ނުވަތަ އެހެން ސިޔާސީ ޕާޓީއަކުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށާއި، އެފަދަ ހާލަތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް މިހާރުން މިހާރަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހުގައި ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުން ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކީ ގަވާއިދާ ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެ.
މި އިސްލާހާ ދެކޮޅަށް އާންމުން ހުށަހެޅި ޕެޓިޝަނަށްފަހު، އިސްލާހު ފާސްކުރުމަށް ގޮވާލައި 10،000 އަށްވުރެ ގިނަ ސޮއިއާއެކު އިތުރު ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެ ޕެޓިޝަނުގައި ސޮއިކުރުވާފައިވަނީ ސަރުކާރު މުވައްޒަފުންނަށް މަޖުބޫރުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު