ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި، އދ. ގެ އެހީތެރިކަން ހޯދުމާ ގުޅޭ 5 އަހަރުގެ އިސްތިރާޖީ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.
"ޔުނައިޓެޑް ނޭޝަންސް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފްރޭމްވަރކް" ގެ ނަމުގައި 2027 އިން 2031 އަށް އެކުލަވާލި މި އޮނިގަނޑުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގްއެވެ.
ސަރުކާރުގެ އިދާރާތަކާއި، މަދަނިއެއް ޖަމްޢިއްޔާތަކާއި، އަމިއްލަ ވިޔަފާރިތަކުގެ ފުޅާ މަޝްވަރާއާއެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން އދ. ގެ 16 އިދާރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށްވީ ނަމަވެސް، އިންސާނީ ވަސީލަތްތަކާއި އުމްރާނީ ދާއިރާ ކުރިއަރުވައިގެން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެ ކަމަށެވެ.
ރާއްޖެއާއި އދ. ގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރާ ދިމާކޮށް އެކުލަވާލި މި އޮނިގަނޑުގައި މައިގަނޑު 3 ދާއިރާއަކަށް އިސްކަންދީފައިވެއެވެ. އެއީ އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ދެމެހެއްޓެނިވިކަމާއި ވިލުންތެރިކަން އިތުރުކުރުމުގެ އިތުރުން ހިންގުންތެރިކަން ހަރުދަނާކުރުމެވެ. މި އޮނިގަނޑުގެ ސަބަބުން އިންސާނީ ޙައްޤުތަކާއި، މިންތީގެ ހަމަހަމަކަމަށް އިސްކަންދީގެން ދެމެހެއްޓެނިވި ތަރައްޤީގެ 2030 އެޖެންޑާ ހާސިލުކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު