ފުލުހުން-
ފުލުހުން-
މާލޭގައި ހިނގި ހާދިސާއަކާ ގުޅިގެން ހަރަކާތްތެރިވި ފުލުހުންތަކަކަށް ހަމަލާދިން މައްސަލައެއްގައި ކ. މާފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ އިބްރާހިމް ސުނީޒް ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނު ތަންފީޒުކުރަން އުޅުނު ފުލުހުންނަށް ހުރަސްއަޅައި، ހަމަލާދީ އަދި ބިރުދެއްކުމުގެ ތުހުމަތުގައެވެ.

މި މައްސަލައާ ގުޅިގެން ސުނީޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ބަންދުގައި ބަހައްޓަން ނިންމީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ފެންނާތީއެވެ.

ސަބަބެއްކަމުގައި ކޯޓުން ފާހަގަކޮށްފައިވަނީ، މިއީ އޭނާގެ އިތުރުން އެހެން ބަޔަކާ ގުޅިގެން ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލަކަށް ވުމާއި، އަދި މި ހަމަލާގައި މީހުންނަށް އަނިޔާވެފައި ވުމެވެ.

ސުނީޒްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ސާބިތުކުރުމަށްޓަކައި ފުލުހުން ވަނީ ކޯޓަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ހަމަލާގެ ސަބަބުން އަނިޔާ ލިބުނު ފުލުހުންގެ ބަޔާންތަކާއި، ފޮޓޯ ރިޕޯޓުގެ އިތުރުން ފުލުހުންނަށް ލިބިފައިވާ އަނިޔާތައް ސާބިތުކޮށްދޭ މެޑިކަލް ލީގަލް ރިޕޯޓްތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު