ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ފެށި ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ޚަޠީބުންގެ އާ ޖީލެއް ބިނާކުރުން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ނިންމައި، ސަނަދު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބުރުގައި 91 ދަރިވަރަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށް ސަނަދު ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ޚުޠުބާ ކިޔުމުގެ ޤާބިލިއްޔަތުކަމާއި އެ ހުނަރު އެއްވެސް ކުއްޖެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ އެ ކުއްޖެއްގެ ޝަޚުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު ސިފައެއް ކަމަށެވެ. އަދި ޒުވާން ޚަޠީބުންނަކީ ޖަމާޢަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތިމާއަށް ލިބޭ ކޮންމެ ނިޢުމަތަކާއި އުފަލަކާއި ހިތްހަމަޖެހުމެއްގައި އަބަދުވެސް މައިންބަފައިން ޝާމިލްކުރަން ޖެހޭނެކަން ހަނދާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، މިއަދު އަޅުގަނޑުމެންނަށް މި ހިސާބަށް އާދެވިފައި މިވަނީ މައިންބަފައިންގެ ބުރަ މަސައްކަތާއި، އެބޭފުޅުންގެ ހެޔޮ ނަސޭޙަތާއި ދުޢާގެ ސަބަބުން ކަމަށެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވަރަށް ގިނަ މަޢުލޫމާތު ހިމެނޭ ވަރަށް ފުޅާ މުޤައްރަރެއް ކަމަށެވެ. އެހެންކަމުން އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1، 2، އަދި 3 ނިންމާ ފަރާތްތަކުގެ އިތުރުން، ނިޒާމީ ތަޢުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނި، އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދައިގެން އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި ވެސް އިމާމުކަން ކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ހުންނާނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި، ސްކޫލް ނިންމާފައިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން، ޚުޠުބާ ކިޔުމާއި، އިމާމުވެ ނަމާދުކުރުމުގެ އިތުރުން ދީނީ އެކި ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ސަނަދު ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ޖުމުލަ 1،000 ޒުވާން ޚަޠީބުން ތަމްރީނުކުރުން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އަލަށް ތަމްރީނުކުރެވުނު ދިވެހި ޙާފިޡުންގެ ޢަދަދު މިހާރު 300 އަށްވުރެ މައްޗަށް އަރާފައިވާކަން ވެސް ވަޒީރު ވަނީ ހާމަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު