އެޕިސޯޑް 17
................
ލޫބާ ރީޙާނާ ދިމާއަށް ގުދުވެ ރީޙާންގެ ގައިގައި ކޮއްޓާލިއެވެ. އެހިނދު ރީޙާން އެނބުރި ލޫބާގެ މޫނަށް ބަލައިލައިފިއެވެ. އޭރު ލޫބާގެ ލޮލުން ކަރުނަ ހިލެމުން ދަނީއެވެ.
ޙަޤީޤަތުގައި ލޫބާ އެވަގުތު އެދެމަފިރިންގެ ދެމެދަށް ހުރަސްއަޅަން ފެށުމުން، ރީޙާން ގާތަށް ވަރަށް ބޮޑަށް ރުޅިއަތުވެއްޖެކަން ނޭނގެއެވެ. އޭނާ ލޫބާޔާ ދިމާއަށް ލޯއަޅާލިއެވެ. އޭރު މަސްތީ އަސަރުގައި ރާނިޔާ އޮތުމުގެ ސަބަބުން ރީޙާންގެ ޙަރަކާތްތަކެއް އޭނާޔަކަށް މޭރުމެއް ނުވެއެވެ.
ރީޙާން ލޯއެޅުމާއެކު ލޫބާ ގެއްލުނެވެ. އެހާހިސާބުން ރީޙާނަށް ހަމަޖެހުން ލިބުނެވެ.
ޖެހިގެން އައި ދުވަހު ލޫބާއަށް އިންޒާރު ކުރުމަށްޓަކައި ލޫބާޔާ ބައްދަލުކުރުމަށް އިރިފުސްމެ ވަގުތު ރީޙާން އަތިރިޔަށް ފޭބިއެވެ. ނަމަވެސް، އެރޭ އޭނާ އިންތިޒާރުގައި ހުރެހުރެ ވަރުބަލިވީއިރުވެސް ލޫބާގެ ހިލަމެއްނުވިއެވެ.
ރީޙާން ރުޅިއައިސްފައި ހުރިކަން އެނގޭތީ، ލޫބާ ރީޙާނާ ބައްދަލުނުކުރީ ކަމަށްވެސް ވެދާނެއެވެ. ރީޙާން ކިތަންމެ ރުޅިއަޔަސް، އޭނާ އެންމެ ލޯބިވާ ބައިވެރިޔާގެ ފަރާތުން އެހެން އަންހެނަކަށް ލޯބިދޭތަން ބަލާކަށް އޭނާޔަކަށް ކުޅަދާނައެއް ނުވާނެއެވެ. އެފަދަ ކަންތައްތަކަށް ހުރަސްއަޅަން އޭނާ މަސައްކަތް ކުރާނެއެވެ. އޭނާގެ ލޯބިވެރިޔާ ބައިއަޅާކަށް ފަހަރެއްގައިވެސް އޭނާއަކަށް ނޭދެވޭނެއެވެ. ރީޙާން ކިތަންމެ އިންޒާރެއް ކުރިޔަސް، އޭނާއަކަށް އެ މަންޒަރު ބަލާކަށް ކެތެއް ނުކުރެވޭނެއެވެ.
އެރޭވެސް ލޫބާ އެކޮޓަރިއަށް ވަނެވެ. ލޫބާގެ ޢަމަލުތައް މިގޮތަށް ތަކުރާރުވާން ފެށުމުން، ރީޙާނަށް މަޖުބޫރުވީ އެންމެފަހުން ހާރޫނުބޭގެ އެހީތެރިކަން ހޯދާށެވެ. ރީޙާނާއި ހައިޝަމް ހާރޫނުބޭގެ އެހީތެރިކަން ހޯދަން ދަނިކޮށް، ލޫބާ ރީޙާނަށް ގޮވައި، ރީޙާން ހުއްޓުވިއެވެ. އަދި އާދޭސްކޮށްފައި އޭނާއާ ދުރަށް ދާން މަސައްކަތް ނުކުރުމަށް އެދި ރުޔެވެ. ނަމަވެސް، އެ އަޑު އަހާކަށް ރީޙާން މަޑެއްނުކުރެއެވެ. އޭނާ ގޮސް ހާރޫނުބޭގެ ގެޔަށް ވަނެވެ.
[އައްސަލާމް ޢަލައިކުމް....] ހާރޫނުބޭމެންގޭ ދޮރުމައްޗަށް ހުއްޓި ހައިޝަމް ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތުމަށްފަހު، ނިކުތީ މުސްކުޅިފުރައިގެ އަންހެނެކެވެ.
[ހާރޫނުބެޔާ ބައްދަލުކުރެވިދާނެތަ؟] ހައިޝަމް އެއްސެވެ.
[ހާރޫނުބޭވީ ބޭސްފަރުވާޔަކަށް މާލެގޮސް. ހަފްތާއެއްހާ ދުވަސްތެރޭ އަންނާނެ.] އެ އަންހެން މީހާ މިހެން ބުނީމާ، ޝުކުރު އަދާކުރުމަށްފަހު، މާޔޫސީ ޙާލުގައި ރީޙާންމެން އެގެއިން ނިކުމެއްޖެއެވެ. އޭރުވެސް އެމީހުންނަށް ނުފެންނާނޭހެން ދުރުގައި ލޫބާ ހުއްޓެވެ. އުފާވެފައެވެ.
[އަހަރެން ދާނަން ގެޔަށް. އަދި މިއަދު އޮފީހަށްވެސް ޖައްސާލަން އެބަޖެހޭ.] ރީޙާން ސައިކަލް ދުއްވާލިއެވެ.
އޭނާ ގޭދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމަށްފަހު، އެތެރެޔަށް ވަން ވަގުތު ބޮޑު ބުޅަލެއް ދޮރުމަތީގައި އޮވެފައި އެތެރެއަށް ވަނެވެ. ރީޙާން ހިސާބަކަށް ޙައިރާންވެފައި ހުރެމެ އެތެރެއަށް ވަނެވެ. އެއީ ކުރިން ދުވަހަކުވެސް އެގޭތެރެއިން އޭނާ ދުށް ބުޅަލެއް ނޫނެވެ.
އެ ބުޅާ ގޮސް ވަނީ ރީޙާންމެން ނިދާ ކޮޓަރިޔަށެވެ. ނަމަވެސް ރީޙާން ކޮޓަރިޔަށް ވަނުމާއެކު، އެ ބުޅާ ކުޑަދޮރުން ބޭރަށް ފުންމާލައިފިއެވެ.
[ރާނިޔާ...އަހަރެން މިދަނީ އޮފީހަށްދާން.] ގަޑިއަށް ބަލައިލަމުން ރީޙާން ފާޚާނާތެރޭ ހުރި ރާނިޔާއާ މުޚާޠަބު ކުރިއެވެ.
[ކައިގެނެއްނޫންތަ ދާނީ...ކާން ހަދާފަ ހުންނާނީވެސް. އަހަރެން މި ނިކުންނަނީ.] ރާނިޔާ ބުންޏެވެ.
[އޮފީހުގައި މާގިނައިރެއްނުވާނެ. އޮފީހުން އައިސް ކާނީ. މިހާރު މާލަސްވެސްވެއްޖެ.] ރީޙާން މިހެން ބުނެފައި ނިކުތެވެ.
ރީޙާން ބޭރަށް ނިކުތްއިރު ދޮރުމަތީގައިވެސް އެ ބުޅާ އޮތެވެ. އޭނާޔާ ދިމާއަށް ބަލަހައްޓައިގެނެވެ. ހީވަނީ ބަޔަކު އޮޅުކޮށްގެން ގެންގުޅޭ އެއްޗެއްހެންނެވެ. ރީޙާން ދަމުން އެޔާ ދިމާއަށް ފައި ހޫރާލިވެސްމެއެވެ. ނަމަވެސް، އޭތި ނުއެއް ދުވިއެވެ. އެއޮތް ގޮތަށް އޮތީއެވެ.
ރީޙާން ފޭދޫއަށްދިޔަ މަގުމަތިން ލޫބާޔާ ދިމާވިއެވެ. ލޫބާ ފެނުމާއެކު، ރީޙާން ސައިކަލް މަޑުކުރިއެވެ.
[ލޫބާ...ލޫބާ އެއްބަސްނުވަމުތަ، އަހަންނާ ރާނިޔާ އެކުގައި އުޅޭ ވަގުތު އެތަނަކަށް ނައުމަށް...ލޫބާގެ ސަބަބުން އަހަންނަށް ވަރަށް އުނދަގޫވޭ. ތިހެން ހަދަންޏާ، އަހަރެން ތަވީދު އަޅާނަން.] ރީޙާން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
[ރީޙާން...އަހަރެން ރީޙާންދެކެ ލޯބިވާތީއޭ ކިޔާފައި، އަހަރެމެންގެ ދަރިފުޅަށް ބައްޕަގެ ލޯބިނުދީ ދޫކޮށްލެވޭނެތަ؟ އެ ދަރިފުޅުވެސް ބޭނުންވޭ، ބައްޕަގެ ލޯބި....ރީޙާން އެންމެ ފަހަރަކުވެސް އެ ދަރިފުޅު އުރާލާ ލޯބިކޮށްލިންތަ؟] ލޫބާ ރޮއިގަތެވެ.
[ލޫބާ ކިތަންމެ ބުންޏަސް، ތިކަމެއް އަހަންނަކަށް ނުވާނެ. ޖިންނި އަންހެނެއްގެ ދަރިޔަކު އިންސާނަކަށް ބައްޕަ ކިޔުމަކީ ޤަބޫލު ކުރެވޭނޭ ކަމެއް ނޫން. އަހަރެންގެ ދަރިޔަކު ލޫބާ ވިހޭކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން. ދަރިފުޅޭ ކިޔައިގެން ލޫބާ އަހަރެން ބަނދެލަން މަސައްކަތް ނުކުރޭ...އަހަރެން ގަޑިޖެހެނީ...] ރީޙާން ގަޑިއަށް ބަލައިލުމަށްފަހު، ސައިކަލް ދުއްވާލައިފިއެވެ.
ލޫބާއަށް ރޮވުނެވެ. ފަހަރެއްގައިވެސް އޭނާގެ ދަރިފުޅު ނިކަމެތިކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ދަރިފުޅަށް ރީޙާންގެ ލޯބި ލިބެންޖެހޭނެއެވެ. އެ ދަރިފުޅަށް ރީޙާންގެ ލޯބި ހޯދައިދޭންވެސް އޭނާ ބޭނުމެވެ. އޭނާ އެކަން ކުރާނެއެވެ. އެހިނދު އޭނާގެ ހިތަށްއެރިއެވެ. ރީޙާން، އޭނާގެ ދަރިފުޅަކީ ރީޙާންގެ ދަރިއެއް ކަމަށް ޤަބޫލު ނުކުރަނީބާއެވެ. ހަމަގައިމުވެސް އޭނާ ބަނޑު ބޮޑުވީ ސީދާ ރީޙާންގެ ދަރިޔަކަށެވެ. އޭނާ ރީޙާން ނޫން މީހަކާ އެއްވެސް ގުޅުމެއް ނުބާއްވައެވެ.
ރީޙާނަކީ އޭނާ ލޯބިވި ފުރަތަމަ އަދި އެންމެފަހުގެވެސް މީހާއެވެ. ރީޙާނަށް ހީވަނީކަންނޭނގެއެވެ. އިންސާނުންގެ ތެރޭގައި އުޅޭ ގިނަ އަންހެނުންހެން ރޫޙާނީ ނަސްލުގެ އަންހެން ސޫރަޔަކީވެސް ފެންނަ ކޮންމެ މީހަކަށް ހަށިގަނޑު ނީލަންކިޔާ ބައެކެވެ. އެކަމަކު އެހެން ހީކުރަން ހެޔޮވެސް ނުވާނެއެވެ. މި ޚިޔާލުތަކުގައި ހުރި ލޫބާއަށް ސިހުންގެނުވީ، ބާރު ސްޕީޑްގައި ލިންކް ރޯޑުން ދުއްވާފައިދިޔަ ސައިކަލެއް ފުރޮޅާލައިގެން ވެއްޓުނު އަޑަށެވެ. ސައިކަލްގެ ފަހަތުގައި އިން އަންހެން ކުއްޖާ ބުރައިގެން ގޮސް ޖެހުނީ ލިންކް ރޯޑްގެ އަރިމަަތީގައި ހުރި ިގަސްތަކުގެ ތެރެޔަށެވެ. އޭނާއަށް ގެއްލުން ކުޑަވީވެސް މަގޫ ގަސްތަކުގެ ތެރެޔަށް ވެއްޓުނުކަމުންނެވެ. ދުއްވަން އިން ސޮރު ތާރަގަނޑުގައި ޖެހުމާއެކު، ހަބަރު ހުސްވިއެވެ. މާގިނައިރުތަކެއްނުވެ އެމަގުންދިޔަ ޕިކަޕަކަށް އެދެމީހުން އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. މިފަދަ އެކްސިޑެންޓްތައް ދިމާވަނީ ދުއްވާ ސްޕީޑް ބާރު އަމިއްލަ ރައްކާތެރި ކަމަށް ނުވިސްނާތީއެވެ.
ރާނިޔާ ފާޚާނާތެރޭގައި ރީޙާނާއި އޭނާގެ ހެދުންތައް ދޮންނަން ހުރެފައި ނިކުތް ވަގުތު ކޮޓަރިތެރެއިން ނުބައިވަހެއް ދުވާތީ އޭނާ ހުރިހާ ބޮކިތަކެއް އެއްފަހަރާ ދިއްލިއެވެ. އެޔާއެކު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. ފެނުނު މަންޒަރާއެކު، އޭނާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެނދުމަތީގައި ޖާގަ ޖަހައިގެން އެއޮތީ ބޮޑު ބުޅަލެކެވެ. އެނދުގެ އަނެއްކޮޅުގައި އޭތި ހޮޑުލާފައި ހުއްޓެވެ. އައި ރުޅީގައި ރާނިޔާ މޭޒުމަތީގައި އޮތް ބަރެއް ނަގާފައި ބުޅަލާ ދިމާޔަށް ހޫރާލިއެވެ. ރާނިޔާ އެ ބަރު ހޫރާލި ބާރުމިނުގައި ގޮސް ޖެހުނީ އޭތީގެ ބޮލުގެ ފުއްކިބާގައެވެ. އެޔާއެކު، އޭތި ތެޅިފޮޅެން ފަށައިފިއެވެ. ތެޅިފޮޅެމުން އެނބުރެމުން އޭތި އައީ ރާނިޔާއާ ދިމާޔަށެވެ.
ރާނިޔާ ހަޅޭއްލަވަމުން ދުއްވައިގަތެވެ. އެއީ ރީޙާންގެ މަންމަ އެ ކޮޓަރި ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. ރާނިޔާ ދުވެފައި އައިސްވަނީ ޤިސާމާގެ ފުރަގަހަށެވެ. އޭރު އެ ބުޅާ އަންނަނީ ރާނިޔާއާ ދިމާއަށެވެ. ޤިސާމާ އެތާނގައި އޮތް ކުނިކަހާ ފިހިގަނޑު ނަގައި ހޫރާލިއެވެ. ނަމަވެސް އޭތި ފަހެއް ނުޖެހެއެވެ. އޭތި އަންނަނީ ރާނިޔާއާ ދިމާޔަށެވެ. ރާނިޔާ ބިރުން ފަހަތަށްޖެހެން ފަށައިފިއެވެ. އެ ބުޅާ އުޅޭގޮތުން ޤިސާމާވެސް ހުރީ ބިރުގެންފައެވެ. އެވަގުތު ޤިސާމާގެ އަތުން ފިހިގަނޑު އަތުލުމަށްފަހު، ރާނިޔާ ފިހިގަނޑު ހޫރައިގަތެވެ. މިފަހަރުވެސް ޙަމަލައެރީ އޭތީގެ ބޮލަށެވެ. އެޔާއެކު އޭތި ކުޑަދޮރުން ފުންމާލައިގެން ދުވެ ފިލައިފިއެވެ.
ރާނިޔާ ވަގުތުން ރީޙާނަށް ގުޅާފައި ބުޅާ އޭނާގެ ކޮޓަރި ހަޑިކުރި ވާހަކައާއި އުޅުނުގޮތް ކިޔައިދީފިއެވެ. ވަގުތުން ރީޙާންގެ ބޮލުގައި ރިއްސާލިއެވެ. އޭނާ ނިންމީ، އެއީ ލޫބާގެ ރޭވުމެއް ކަމަށެވެ.
ވުމާއެކު، ދެން އެ ބުޅަލަށް ނުވަދެވޭނޭ ގޮތަށް ކޮޓަރި ބަންދުކޮށްދޭނަމޭ ބުނެފައި އޭނާ ފޯނު ބޭއްވިއެވެ.
[ބިރުނުގަނޭ...ތި ބުޅަލަކަށް ދެން ނުކެރޭނެ، ތި ކޮޓަރިޔަށް ވަންނާކަށް...] ރީޙާން ރާނިޔާގެ ހިތްހަމަޖައްސާލަދިނެވެ.
އެދުވަހު އޮފީސް ނިންމާފައި ގެޔަށް އައި މަގުމަތިން ރީޙާނާ ލޫބާ ދިމާވިއެވެ. ލޫބާ ފެނުމާއެކު، ރީޙާން ސައިކަލް މަޑުކޮށްލުމަށްފަހު، ލޫބާއާ ދިމާޔަށް ހަޅޭއްލަވައިގަތެވެ.
[ލޫބާ....އަހަރެންދެކެ ލޯބިވަމޭ ކިޔާފައި، ލޫބާ ތިއުޅެނީ އަހަރެންގެ އުފާތަކަށް ހުރަސްއަޅައި، އަހަރެންގެ ކައިވެނިވެސް ރޫޅުވަންތަ؟ ތިހެން ކަންތައް ކުރަންޏާ، ލޫބާޔާ ދެކޮޅަށް ކަންތައްތައް ކުރުވަން އަހަންނަށް މަޖުބޫރުވެދާނެ.] ރީޙާން ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
[ރީޙާން ތިބުނާ ކަމެއްކުރީ އަހަންނެއް ނޫން....އެއީ ރީޙާންގެ ދަރިފުޅު ކުރިކަމެއް. ރީޙާން ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭނަމަ، އެ ސޮރުވެސް އެގޮތަކަށް ނޫޅޭނެ.] ލޫބާއަށް ރޮވުނެވެ.
[ލޫބާއަށް އޭނަ ހިފެހެއްޓޭނެ. ތިބުނާ ކުއްޖާއަކީ އަހަރެންގެ ދަރިއެއް ނޫން. އިންސީންނާއި ޖިންނީން ގުޅިގެން ދަރިޔަކު އުފަން ނުވާނެ.] ރީޙާން ސައިކަލް ދުއްވާލިއެވެ. އިތުރަށް ލޫބާ ދައްކާ ވާހަކަ އަޑުއަހާކަށް އޭނާ ބޭނުމެއް ނޫނެވެ.
އޭނާ ގެޔަށް ދިޔައިރުވެސް ރާނިޔާ ހުރީ ބިރުން ކޮޓަރިއަށް ވަންނަން ނުކެރިފައެވެ.
[އެ ބުޅާ ހީވީ މިނިކާ ވަގެއްހެން. ރީޙާން....އެއީ ބުޅަލެއް ނޫން. އަހަރެން ވަރަށް ބިރުގަނޭ. މަންމަޔާ އަހަންނަށް ދެންމެ ކިރިޔާ ކޮޓަރި ސާފުކުރެވުނީ...] ރާނިޔާ ރީޙާންގެ އަތުގައި ހިފައިގެން ކޮޓަރިޔާ ދިމާއަށް ހިނގައިގެންފިއެވެ.
ރީޙާން ކޮޓަރިއަށް ވަންއިރު، ރާނިޔާމެން ހުރީ ކޮޓަރީގެ ހުރިހާ ކުޑަދޮރުތަކާއި ފެންލައިޓްތައްވެސް ބަންދުކޮށްފައެވެ.
[މި ބަރުން އޭތީގެ ބޮލުގައި ޖެހީމާ، ރުޅިއައިސްގެން އަހަންނާ ދިމާޔަށް އައީ...މިބުނީ ދެން މިއެނދަށް އަރައި އޮއްވާ ފެނިއްޖެއްޔާ ދުވަސް ދުއްވާލާނަން.] ރާނިޔާ ބުންޏެވެ.
އެދުވަހު އެ ބުޅާ އެގޭތެރެޔަކަށް ނުވަދެއެވެ. ޢަމުދުން ލޫބާވެސް ރީޙާނަކަށް ނުފެނެއެވެ. ވުމާއެކު، މިހާރު ރީޙާން ރާނިޔާއާއެކު އުޅެމުންދަނީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، ރީޙާންގެ ހިތުން ޝަބާބް ނުވަތަ ލޫބާގެ ހަނދާންތައްވެސް ދަނީ ފިލަމުންނެވެ.
[މިހާރު ވަރަށް ފަސޭހަ. އޭއްޗެއްގެ އެއްވެސް އުނދަގުލެއް ނުވާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ. ބޮޑަށް ބެލެވެނީ، ކޮންމެވެސް އެހެން މީހަކަށް އުނދަގޫ ކުރަން ފެށީމާ، އެ ބަޔަކު އޭނާ މިރަށުން ފައްސާލީ ކަމަށް.] ރީޙާން ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ހައިޝަމާއެވެ.
[އޭނަގެ މަތީން ވަރަށް ހަނދާންވޭދޯ؟ މިހާރު ތިޔަ ކައިވެންޏަށްވެސް އަހަރުވަނީ. އަދިވެސް ކުއްޖަކު ހޯދާކަށްނުވޭތަ؟ އަދި ނުބުނެވޭދޯ...ޝީނާ އިނީ ބަލިވެ....އިއްޔެ ޑޮކްޓަރަކަށް ދެއްކީ...އަށް ހަފްތާޔޯ...] ހައިޝަމް ބުންޏެވެ.
[މަރުޙަބާ...އަހަރެންނަށްވުރެން ކުރީގައި ހައިޝަމަށްދޯ ކުއްޖަކު ލިބެނީ.] ރީޙާން ހައިޝަމަށް މަރުޙަބާ ކިޔުމަށްފަހު ބުންޏެވެ.
[ނޫނޭ...ރީޙާން ބައްޕަޔަކަށްވީތާ ކޮން ދުވަހެއް. ކޮބައިތަ ލޫބާގެ ފަސް އަހަރަށްދާ ދަރިފުޅު.] ހައިޝަމް ރީޙާނާ ދިމާކޮށްލިއެވެ. ތެދެކެވެ. ލޫބާ ބުނާގޮތުން، އޭނާޔާ ލޫބާގެ ފަސް އަހަރުގެ ފިރިހެން ކުއްޖަކު އެބަހުއްޓެވެ.
[ކޮންތާކު...އެއީ ކިހިނެއްވާނެ ކަމެއް...އަހަރެންގެ ދަރިޔަށް ނުހުންނާނެ. އެއީ ލޫބާ އަހަރެން ބަނދެލަންވެގެން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް....] ރީޙާން ބުންޏެވެ.
[ތިހެން ވެއްޖެއްޔާ، ރާނިޔާއަށް ކުއްޖަކު ހޯދަންވީނު. ކައިވެންޏެއްގެ ދެމިއޮތުމަކީ، އެ ޢާއިލާއަށް ކުއްޖަކު އުފަންވުން...] ހައިޝަމް ބުންޏެވެ.
[އަހަރެންވެސް މިހާރު ކުއްޖަކު ހޯދުމަށް އެބަ ވިސްނަން. އެކަމަކު ރާނިޔާ ބުނަނީ، އަންނަ އަހަރު ކަމަށް ކުއްޖަކު ހޯދަން މަސައްކަތް ކުރާނީވެސް. ދެމަފިރިން އެކައްޗެއް ކިޔައިގެން ނޫނީ ކުއްޖަކު ހޯދާކަށް ނުވާނެ. ރާނިޔާ އެދޭއިރަށް އެކަންވާނެ.] ރީޙާން ބުންޏެވެ.
ރާނިޔާއަކީ ހިތަދޫގައި ހުންނަ އައްޑުއަތޮޅު ތަޢުލީމީ މަރްކަޒުގެ ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުންދާ އަންހެން ކުއްޖެކެވެ. އޭނާ ކުއްޖަކު ނުހޯދައި ލަސްކުރަނީ، އޭނާގެ މަސައްކަތަށް ބުރޫއަރާފާނެތީ ކަމަށް ބެލެވެއެވެ.
[ކުއްޖަކު ހޯދައިފިއްޔާ، ވަޒީފާގައި އުޅެން ފަސޭހައެއްނުވާނެ. އަދި ކުއްޖަކު ހޯދަން އަވަސް...ކުދިން ބެލުމަކީ ޙަޤީޤަތުގައި ވަރަށް ބުރަވެސް ކަމެކޭ.] ރާނިޔާއާއި ރީޙާން ވާހަކަ ދައްކަން ތިބީ ކޮޓަރިތެރޭގައެވެ. އޭރު ރީޙާން ހުރީ އޮފީހަށް ދިޔުމަށްޓަކައި ތައްޔާރުވާށެވެ. ރާނިޔާވެސް ސްކޫލަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދަނީއެވެ. ރީޙާން އޮފީހަށްދާނީ ރާނިޔާ ސްކޫލަށްލާފައެވެ.
[ގަޑިޖެހެނީ....އަވަހަށް ހިނގާ ދާން.] ރީޙާން ނިކުތެވެ. ކުއްޖަކު ހޯދުމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާތީ، ރީޙާން ނިކުތެވެ. ފަހަތުން ރާނިޔާވެސް ނިކުތެވެ.

ކިޔުންތެރިންގެ ހިޔާލު