އިންޑިއާގެ ޗަތަރްޕޫރުގެ ލަވްކުޝްނަގަރުގައި ހުންނަ ކޮމިއުނިޓީ ސެންޓަރެއްގައި، އުމުރުން 29 އަހަރުގެ އަންހެނަކު ވަރަށް ނާދިރު ހާލަތެއްގައިވާ ކުއްޖަކު ވިހައިފިއެވެ. މި ކުއްޖާގެ ހަށިގަނޑުގައި ހަތަރު އަތާއި ހަތަރު ފައި ހުއްޓެވެ.
އާދީއްތަ ދުވަހު އުފަންވި މި ކުއްޖާގެ ބަރުދަނުގައި ގާތްގަނޑަކަށް ތިން ކިލޯ ހުރި ކަމަށް ޚަބަރުތައް ބުނެއެވެ.
ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި މިއީ "ހެޓެރޯޕޭގަސް ކޮންޖެނިޓަލް ޑިފެކްޓް" ނުވަތަ "ޕެރަސައިޓިކް ޓްވިން" ގެ ހާލަތެކެވެ. މިއީ މައިމީހާގެ ރަހިމުގައި އެއްމާބަނޑު ދެކުދިން އުފެދި ބޮޑުވަމުން އަންނައިރު، އޭގެ ތެރެއިން އެއް ކުއްޖަކު ފުރިހަމައަށް އުފެދި ބޮޑުނުވެ، އަނެއް ކުއްޖާގެ ހަށިގަނޑާ ތަތްވެ، ގުޅިފައިވާ ގޮތަށް އުފަންވާ ސިއްހީ ނާދިރު ހާލަތެކެވެ.
ޑޮކްޓަރުން ފާހަގަކުރެއްވި ގޮތުގައި ކުއްޖާގެ ހަށިގަނޑުގައި އިތުރުވެފައިވާ ގުނަވަންތަކާއި، އެތެރެހަށީގެ ގުނަވަންތަކުގެ އިތުރުން، ލޭދައުރުކުރާ ނިޒާމާއި ކަށިތައް އެކަކު އަނެކަކާ ގުޅިފައިވާ މިންވަރު ސާފުވާނީ، ކަމާބެހޭ ޚާއްސަ ޑޮކްޓަރުން ބައްލަވައި ހަދަންޖެހޭ ސްކޭންތަކާއި ތަހުލީލުތައް ފުރިހަމަކުރުމުންނެވެ.
އެހެންކަމުން، އިތުރު ފަރުވާއާއި ފުރިހަމަ ޓެސްޓުތައް ހެދުމަށްޓަކައި، ކުއްޖާއާއި މައިމީހާ އެއާ އެމްބިއުލާންސްގައި ޖަބަލްޕޫރަށް ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
އޮޕަރޭޝަނެއް ކޮށްގެން ހަށިގަނޑުގައިވާ އިތުރު ބައިތައް ވަކިކުރެވޭނެތޯ ނިންމާނީ، މި ޓެސްޓުތަކާއި ތަހުލީލުތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު