ދައުލަތުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފެށުމުން، އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާނަމަ އެއީ ވަރަށް ދެރަ އަދި ހިތާމަހުރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، ކޮންމެ ދިމާއަކުން ކޮންމެ މައްސަލައެއް ފާހަގަވެގެން އައި ނަމަވެސް، މަޖިލީހުން އަދި ކޮމިޓީތަކުން ވެސް މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެކަންކަން ބެލުމަށް ކަމަށެވެ. އަދި އޮޑިޓް ރިޕޯޓަކުން ނުވަތަ އެނޫންވެސް ގޮތަކުން ވައްކަމެއް ފާހަގަވެގެން އެކަން ބަލާއިރު، އެއީ އަންނަން އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ސިޔާސީ ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ވައްކަން ކޮށް ހެދުމަކީ، ނޫނީ ރިޕޯޓަކުން ކަމެއް ފާހަގަވެފަ އޮތީމަ އެކަން ބެލުމަކީ އެއީ އަންނަން އޮތް ރިޔާސީ އިންތިހާބާ ހަމައަށް ސިޔާސީކޮށް އެވާހަކަ ދައްކަން ޖެހޭ ކަމެއް ނޫން. މިކަހަލަ އެއްވެސް އަސާސެއްގެ މައްޗަކަށް ނޫން ކޮމެޓީތަކުގެ ނޫނީ މަޖިލީހުގަ މަސައްކަތްތައް ކުރިއަށް ގެންދަނީކީ،" މަމްދޫހު ވިދާޅުވިއެވެ.
މީގެއިތުރުން މަމްދޫހު ވިދާޅުވީ، ކޮންމެ ކަމެއް ސިޔާސީ ކޮށްގެން ވާހަކަދައްކަން ފަށައިފިނަމަ ރާއްޖޭގައި ހިންގާފައިވާ އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ގައުމުގައި ގޯހެއް ހަދާފައިވާނަމަ ކޮންމެވެސް ބަޔަކަށް ނުވަތަ މީހަކަށް އެކަމުގެ ރައްދު އަންނާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުން މައްސަލަތައް ބަލަނީ ވަކި މީހަކަށް، ނުވަތަ ވަކި މަގާމެއްގައި ހުރި މީހަކަށް ބަލައިގެން ނޫން ކަމަށެވެ.
މަމްދޫހު ވަނީ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ބެލުމުގައި އެއްވެސް ފަރާތަކަށް ބެލުމެއް ނެތި، އިންސާފުވެރިކަމާއެކު އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދިއުމުގެ މުހިންމުކަން މަޖިލީހުގެ މިއަދުގެ ބަހުސްގައި ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު