ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު، އޭނާއަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވައި، ވައްކަމުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އޭނާ ފައިސާ ހޯދަނީ ނުހަނު ބުރަކޮށް ހަލާލު މަސައްކަތް ކޮށްގެން ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، ސޯޝަލް މީޑިއާގައި އޭނާއާ ގުޅުވައިގެން ފެތުރުނު ވާހަކަތަކުގެ ތަހުގީގެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން 900،000 ރުފިޔާގެ ކޮޅުވެއްޓިއެއް އެމްޑަބްލިއުއެސްސީއަށް 17 މިލިއަން ރުފިޔާއަށް ވިއްކާލި ކަމަށް ބުނާ މައްސަލަ، މުޅި ރާއްޖެއަށް ލައިވްކޮށް ފެންނާނެހެން ކޮމިޓީން ބަލައިދިނުމަށް އޭނާ ގޮވާލެއްވިއެވެ.
މީގެއިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުންވެސް ފެރީތަކަކާ ގުޅޭ ވައްކަމުގެ މައްސަލައެއް އޭނާއާ ގުޅުވައިގެން ބަލަން އުޅުނު ނަމަވެސް، ވެރިކަން ނިމުނުއިރުވެސް އެފަދަ އެއްވެސް ކަމެއް ބެލިފައި ނުވާކަން ފަލާހު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ފެށިގެން ރޭގަނޑު ދާންދެން މަސައްކަތުގައި އުޅެނީ އަމިއްލަ އާރާއި ބާރުން ހަލާލު ރިޒުގު ހޯދުމަށް ކަމަށާއި، ވައްކަންކޮށްގެން ފައިސާ ހޯދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު