އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޖިލީސް މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީ) އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ޢަބްދުލްޢަޒީޒު އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
މަޖިލީހުގެ ކޮމިޓީން އަޒީއާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ދީފައިވެއެވެ. މި މަގާމަށް ކުރިމަތިލީ ފަރާތްތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އާންމުންނަށް ދިނީ އެންމެ ހަ ގަޑިއިރުގެ ކުރު މުއްދަތެކެވެ.
އަޒީ އަކީ ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަޒީ، އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރީ 22 ޖުލައި 2014 ގައެވެ. އެހެންކަމުން އޭނާ އާ ދައުރަކަށް އައްޔަނު ކުރެވިދާނެ ކަމާމެދު ޤާނޫނީ މާހިރުން މީސް މީޑިއާގައި ސުވާލު އުފައްދަވާފައިވެއެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ހަމައެކަނި މިހާރު ހުރި ދައުރު އިތުރުކުރުމުގެ ވާހަކަ ކަމަށެވެ.
އައިކޮމް ޤާނޫނު ބުނާގޮތުން ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރުމަކީ މަނާކަމެކެވެ. ނަމަވެސް ދިވެހިބަހުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ އަޒީ ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރަށްވާފައެވެ.
އައު ކޮމިޝަނަރަށް މަޖިލީހުން ރުހުން ދީފއިވާއިރު، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދާ މެދު ސަރުކާރުގެ ހިތްހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާހިދަކީ އިދިކޮޅު ފަރާތްތަކަށް ތާޢީދު ކުރަށްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރަށްވާފައެވެ. ނަމަވެސް އާހިދު އެކަން ދޮގުކުރަށްވައި ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކުރަށްވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރަކީ 5 އަހަރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު