ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު، ޢިއްޒަތްތެރި މުޙައްމަދު ޝެހްބާޒް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ މި ހިތްދަތި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވި ކަމަށެވެ.

އަދި މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކާ އެކުގައިކަން ފާހަގަކުރަށްވައި، އެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

"ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށާއި، ޕާކިސްތާނުގެ ސަރުކާރަށް އަދި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރަން." ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކުގެ އަލީގައި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު