ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީއަށް ހިނގައްޖެއެެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިއަދުގެ ނިޔަލަށް ނިންމާލާފައިވާއިރު، މުހިންމު މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައި ދައުރު ދަންމާލުމަށް ފާސްކުރީ މި ހިނގާ އޮގަސްޓު މަހުގެ 18 ވީ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުން ދެވަނަ ދައުރު ކުރިން ނިމެން އޮތީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، ނިންމަންޖެހޭ މުހިންމު ކަންކަން ހުރުމުން ފުރަތަމަ ފަހަރަށް ދައުރު ދަންމާލީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޭގެ ފަހުން އިތުރު މަސައްކަތްތަކެއް ނިންމުމަށްޓަކައި ދެވަނަ ފަހަރަށް ވެސް ދައުރު އިތުރުކޮށް، މިއަދާ ހަމައަށް ޖަލްސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަޖިލީހުގެ މަސައްކަތްތައް ބެހިގެންވަނީ މައިގަނޑު ތިން ދައުރެއްގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15 ގެ ނިޔަލަށް ހިނގާއިރު، ދެވަނަ ދައުރު ކުރިއަށްދަނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ މެދާ ހަމައަށެވެ.
އަދި ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ޖަލްސާތައް ފެށުމަށް ތާވަލު ކުރެވިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު