ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު އަޅުއްވަމުން ގެންދަވަނީ ރައްޔިތުން އެދޭފަދަ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި، އެކަމުގެ އެދެވޭ ނަތީޖާ ކުރިއަށްއޮތް ތަނުގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
" އިރާދަކުރެއްވިއްޔާ ޖުމުލަކޮށް އާންމު ރައްޔިތުން ޤަބޫލުކުރައްވާ މި އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޚާއްސަކޮށް ބޭރު ފައިސާ އާއި ގުޅިފައިވާ މައްސަލަ ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މިއަޅާ ފިޔަވަޅުތަކަކީ އަޅަން ޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ޤާނޫނުތަކަށް ބަދަލު ގެނައުމާއި ފިޔަވަޅުތައް އަޅަނީ ކުއްލިއަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ހުރިހާ ނިންމެވުމެއްވެސް ނިންމަވަނީ އެތައް މަހެއްގެ މަޝްވަރާއާއި، ޓެކްނިކަލް ދިރާސާތަކުގެ އިތުރުން ބޭރުގެ ޤައުމުތަކުގައި އެކަންކަން ކޮށްފައިވާ ގޮތްތަކަށް ބެލުމަށްފަހު "ފެކްޓް ބޭސް" ކޮށްގެން ކަމަށެވެ. އަދި ސަރުކާރުގެ ޓީމުގައި ތަޢުލީމީ އަދި ފަންނީ ގޮތުން ތަޖުރިބާކާރު ބޭފުޅުން ތިއްބެވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ 2-3 އަހަރު ތެރޭގައި އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމަށް އެތައް ކަމެއް ހާސިލުކޮށް، ތަންފީޒު ކުރަން ފެށިފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް، މަސްވެރިކަން، އައިޓީ/ޓެކްނޮލޮޖީ އަދި ކުދި އާއި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭހެން ހުރިހާ ދާއިރާއެއް އިޤްތިޞާދީ ގޮތުން ކުރިއަރުވަން ސަރުކާރުން އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑޮލަރު މައްސަލަ އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެން ސިޔާސީ ބޭނުމެއްގައި ބައެއް ފަރާތްތަކުން އެކި ކަހަލަ ވާހަކަތައް ދެއްކި ނަމަވެސް، އެފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވާނެކަމަށެވެ.ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިޤްތިޞާދު ކުރިއެރުވުން ކަމަށްވާތީ، އިޤްތިޞާދީ ކުރިއެރުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށެވެ.ރައީސް ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެން އައީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ. އަދި ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ ކަޅު ބާޒާރަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ލޯނު ނުވަތަ ދަރަނީގެ ގޮތުގައި ދައްކާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ވަަރަށް ގިނަ ކަންކަން އަދިވެސް ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވި، ރާއްޖޭގައި މަސައްކަތް ކުރާ ބޭރު މީހުން، ރާއްޖެއިން ބޭރަށް ބޭރު ފައިސާ ގެންދިއުމާއި، ރާއްޖެ އެތެރޭގައި އެކި ކަންކަމުގައި ބޭރު ފައިސާ ބޭނުން ކުރުން ފަދަ އެތައް ކަމެއް ވަކި ގޮތަަކަށް ބައްޓަންވެފައިވާ ކަމަށެވެ. އެކަން ރަނގަޅު ކުރަން ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް އެކަންކަން ރަނގަޅު ކުރަން ވަކި ތަރުތީބެއްގެ ތެރެއިން ފިޔަވަޅުތަކެއް އަޅަންވެސް ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލަ ހައްލު ވަމުންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ އެތެރޭގެ ބޭންކުތައް އިތުރުކޮށް ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގެ ކުރެވޭ މާލީ މުޢާމަލާތްތައް ދިވެހިފައިސާން ކުރާ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން 2030 ގެ ނިޔަލަށް ޑޮލަރުން މުސާރަ ދިނުން ހުއްޓުވުން ވެސް ހިމެނެއެވެ. އަދި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ %40 ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ވެސް މިއަދު ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ މުޢާމަލާތްކުރުން ހުއްޓުވުމަށްޓަކައި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ކޮށް ރާއްޖޭއިން ބޭރަށްދާ ޑޮލަރު މަދު ކުރަން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު