ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޚަލީލް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޚަލީލް އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޚަލީލްގެ އިސްތިއުފާ ދެއްވާފައިމިވަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުމާއި، އޭގެ އަގުތައް ޝާއިއުކުރުން މަނާކުރުމުގެ އިތުރުން، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ މި ގަވާއިދަށް، ޚަލީލް މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ އަދި ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ ޕަލްސް ކުންފުނިން ކުރިން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ޚަލީލަކީ މަންތާ އެއާގެ ވެސް ހިއްސާދާރެކެވެ.
ރިސޯޓުތަކުން ދޭ ހިދުމަތްތަކަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާންޖެހޭތީ، ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު