ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަނުކުރައްވައިފިއެވެ.

މިއީ މިހާރުގެ ސަރުކާރުން އެ ކުންފުނީގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވި ތިންވަނަ ފަހަރު ކަން ފާހަގަކުރެވެއެވެ.

މި މަގާމު ހުސްވެފައިވަނީ ކުރިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ކުރީގެ އެމްއެމްޕީއާރުސީ) އަކީ ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދުނިޔޭގެ މާކެޓުގައި އިޝްތިހާރުކޮށް މާކެޓްކުރުމަށް 4 މާރިޗު 2010 ގައި ސަރުކާރުން އުފައްދާފައިވާ 100% ހިއްސާވާ ކުންފުންޏެކެވެ. މީގެ ކުރިން "މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑު" ގެ ނަމުގައި ހިންގި މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ބައިނަލްއަގުވާމީ ފެއާތަކާއި ރޯޑްޝޯތަކުގައި ރާއްޖެ ތަމްސީލުކުރުމާއި، ޕްރައިވެޓް ސެކްޓަރާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު މާކެޓިންގ ކެމްޕޭންތައް ރާވައި ހިންގުމެވެ.



ކިޔުންތެރިންގެ ހިޔާލު