އިންޑިއާގެ ހަރްޔާނާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޔޫޓިއުބަރު އަންކިތު ބަލްޔާންގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އުއްތަރު ޕްރަދޭޝްގެ ޝާމްލީ ކޮތުވާލީ ޕޮލިސް ސްޓޭޝަންގެ އިހްތިސާސް ހިމެނޭ ސަރަޙައްދުގައި ހުންނަ ޖިމަކުން އިއްޔެ ހަވީރު އޭނާ ނުކުތް ވަގުތުއެވެ.
ޖިމުން ނުކުތް ވަގުތު ތިނެއް ނުވަތަ ހަތަރު މީހުންގެ ގްރޫޕަކުން ދިން މި ކުއްލި ހަމަލާގައި، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޒަން އަރައި ސީރިއަސް ޒަޚަމްތަކަކާއެކު އެތަނަށް ވެއްޓުނެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޤާތިލީ ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، އަންކިތުގެ ޢާއިލާއާއި އެ އަވަށުގެ އާންމުން ވަނީ ވަރުގަދަ އިހުތިޖާޖެއް ފަށާފައެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ އޭނާގެ ހަށިގަނޑު މަގުމަތީގައި ބާއްވައި، ދިއްލީ-މުޒައްފަރްނަގަރް މަގު ބަންދުކޮށް ދަތުރުފަތުރަށް ހުރަސްއަޅާފައެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ހަމަލާދިން މީހުން އަތުލައިގަނެ ޤާނޫނީ ފިޔަވަޅު ނާޅަނީސް މަގު ނުހުޅުވާނެ ކަމަށާއި، އަންކިތުގެ ޖަނާޒާ ކަންކަންވެސް ކުރިއަށް ގެންދާނީ ކުށްވެރިން ހައްޔަރުކުރުމުން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޝާމްލީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އެންޕީ. ސިންގް ވިދާޅުވީ، ކުށްވެރިން ދެނެގަތުމަށްޓަކައި ހާދިސާ ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ފާސްކުރަމުންދާ ކަމަށެވެ. އަދި ޤާތިލުން ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމުތަކެއް ހަރަކާތްތެރިވަމުންދާއިރު، މި ޤަތުލުގެ ފަހަތުގައި ކުރިއަށް އޮތް ޕަންޗާޔަތު އިންތިހާބާ ގުޅުންހުރި ސިޔާސީ ނުވަތަ ޒާތީ މައްސަލައެއް އޮތްތޯވެސް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަންކިތު ބަލްޔާންއަކީ ހަރްޔަންވީ ޕޮޕް މިއުޒިކާއި، ސަގާފީ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ވީޑިއޯތަކާއި ޕޮޑްކާސްޓްތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
ލަވަކިޔުންތެރިއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރި އަންކިތު ވަނީ މަސޫމް ޝަރުމާ، ރާޖޫ ޕަންޖާބީ އަދި އާޝޫ ޓްވިންކަލް ފަދަ މަޝްހޫރު ފަންނާނުންނާއެކު ގިނަ އުފެއްދުންތަކެއް ނެރެފައެވެ.
މީގެ އިތުރުން ސިޔާސީ ޕޮޑްކާސްޓްތަކާއި ވްލޮގްތައް މެދުވެރިކޮށް އުއްތަރު ޕްރަދޭޝާއި ހަރްޔާނާގެ ސިޔާސީ އިސް ފަރާތްތަކުގެ އިންޓަވިއުތައްވެސް އޭނާ ގެނެސްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު