މެސެޖިންގ އެޕްލިކޭޝަން "ޓެލެގްރާމް" މެދުވެރިކޮށް ދިވެހިންނާއި ބޭރު މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ދައުރުކޮށް، އޭގެއިން ނަހަމަ ގޮތުގައި މާލީ މަންފާ ހޯދަމުންދިޔަ ތިން ދިވެއްސެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށްލުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ އާއި، މާލޭ ދަފްތަރު ނަންބަރު ރސ14751، ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙްގެ މައްޗަށެވެ. ދައުލަތުން މި ތިން މީހުންގެ މައްޗަށް މައިގަނޑު ގޮތެއްގައި އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޒުބައިރު ޢަލީގެ މައްޗަށް ސާބިތުވި އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާއަކަށް ވަކިވަކިން ވަނީ ޖަލު އަދަބު ކަނޑައަޅާފައެވެ. އެގޮތުން ފުރަތަމަ ދައުވާއަށް 18 ދުވަސް، ދެވަނަ ދައުވާއަށް އެއް އަހަރާއި ހަ މަސް ދުވަސް އަދި ތިންވަނަ ދައުވާއަށް ނުވަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެއިތުރުން، އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމާއެކު، 600،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މި މައްސަލައިގައި ދެން ހިމެނޭ އިސްމާޢީލް ޒަބީޙްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. އަދި ނާޞިފް ޢަލީގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 263،232 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ތަފްސީލުތަކަށް ބަލާއިރު، މި މީހުން އަތުލައިގަތުމަށްފަހު އެ ފަރާތްތަކާ ގުޅުންހުރި ޑިޖިޓަލް 14 އާލާތެއް ފުލުހުން ވަނީ ތަހުލީލުކޮށްފައެވެ. އަދި މި މީހުން ބޭނުންކުރަމުންދިޔަ ޓެލެގްރާމްގެ ނުވަ އެކައުންޓަކާއި، ބަރަހަނާ ކޮންޓެންޓް ދައުރުކުރަމުންދިޔަ 571 ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ވަނީ ސީޒްކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ސީޒްކުރި ޗެނަލްތަކުގައި ދިވެހި އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241،651 ފޮޓޯއާއި 86،618 ވީޑިއޯ ވަނީ ޕޯސްޓުކޮށްފައެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޖިންސީ އަނިޔާއާއި އޮރިޔާން މަންޒަރުތައް ހިމެނޭ ކޮންޓެންޓް ޕޯސްޓުކުރުމަށް ހާއްސަކޮށްގެން ހިންގި 43 ޗެނަލެއް ވެސް ފާހަގަކުރެވިފައިވެއެވެ.
މި ޗެނަލްތަކުން ވިޔަފާރި އުސޫލުން މަންފާ ހޯދުމަށްޓަކައި ސަބްސްކްރިޕްޝަން ފީ ނަގަމުން ގޮސްފައިވާއިރު، ފައިސާ ދައްކައިގެން މި ޗެނަލްތަކަށް 34،680 މީހުން ސަބްސްކްރައިބްކޮށްފައިވާ ކަމަށް ތަހުގީގުން ދައްކައެވެ. އަދި މި ނުބައި ވިޔަފާރީގެ ތެރެއިން މި ތިން މީހުން ޖުމްލަ ދެ މިލިއަނެއްހާ ރުފިޔާގެ ޣައިރުގާނޫނީ އާމްދަނީއެއް ހޯދާފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު