ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
މާލޭގެ މަގުމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން އުޅުނު 23 އަހަރުގެ ޒުވާނަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ހަތި، ސާއިން އަބްދުލްގައްޔޫމެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5:34 ހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައެވެ.

އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ދުއްވަން އިން މީހާ ފިލަން މަސައްކަތްކުރި ނަމަވެސް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މި ހާދިސާގައި ފުލުސް އޮފިސަރަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މީގެއިތުރުން، މި މައްސަލައިގައި ހިމެނޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ޓޯކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު