ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު، މ. މަލްޖާ، އުމުރުން 55 އަހަރުގެ އަހްމަދު ހަމީދު (ފްލައި) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއްގެ ދަށުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އޭނާ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ނަމަވެސް އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހެޅިފައިވަނީ ކޮން މައްސަލައެއް ކަން އަދި ސާފުވެފައެއް ނުވެއެވެ.
އަހްމަދު ހަމީދަކީ މާލޭ ސިޓީ ކައުންސިލުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން ޑީއާރުޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ އިސް ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާ f ފަރާތެކެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު