ގއ. މާމެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 37 ގުރާމުގެ މަސްތުވާތަކެއްޗާއެކު 45 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެ ރަށު އަލްފާ، ޢާޞިފް އާދަމް އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، މާމެންދޫ ޕޮލިސް އަދި އަޕަރ ސައުތު ޕޮލިސް ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމު ގުޅިގެން މި އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
ޢާޞިފް ހައްޔަރުކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެ ގޭ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕްލާސްޓިކް ކޮތަޅެއް ފެނިފައިވާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 37 ގުރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު