ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި ސައިންޓިފިކް ދިރާސާތައް ކުރުމަށްޓަކައި އެންމެ އެކަށީގެންވާ "ސްޓޭޓް އޮފް ދަ އާޓް" ލެބޯޓްރީ ފެސިލިޓީތަކާ އެކު މަތީ ފެންވަރުގެ އިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މިއަދު ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އިންޖިނިއަރިންގެ އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ދިވެހި ދަރިވަރުންގެ އަދަދު އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
އެގޮތުން، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އަލަށް ގާއިމުކުރާ މި މަރުކަޒުގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އެއާކްރާފްޓް އެންޑް އެރޮނޯޓިކަލް އިންޖިނިއަރިންގެ އިތުރުން ރޮބޮޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އިންޖިނިއަރިން ފަދަ ޒަމާނީ ދާއިރާތަކުން ކިޔަވައިދިނުމާއި ދިރާސާތައް ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ.
މި އިމާރާތަކީ ހަމައެކަނި ދިވެހި ދަރިވަރުންނަށް އެކަނި ނޫން، ރާއްޖޭން ބޭރުގެ ދަރިވަރުންނަށް ވެސް ތަހުލީލުތަކާއި އެކްސްޕެރިމެންޓްތައް ހެދޭނެ ފެންވަރަށް ތަރައްގީކުރެވޭނެ ތަނެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމަންޓްތައް ކުރިއަށްގެންދާނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެހެން، ދެމެހެއްޓެނިވި އުސޫލަކުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަމިއްލަފުޅަށްވެސް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ރައީސް ޑރ. މުއިއްޒު، ގައުމީ އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރުމަށް ނިންމެވީ ފާއިތުވި އަހަރުއެވެ. އެ ނިންމެވުމާ އެއްގޮތަށް މިއަދަކީ ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު