އުމުރުން އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށްފަހު އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި ހިންގި މި ނާތަހުޒީބީ ޢަމަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާތީ، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ



ކިޔުންތެރިންގެ ހިޔާލު