ކ. ތިލަފުށީގައި ތަރައްޤީކުރުމަށް ނިންމާފައިވާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ މުޅިންވެސް ދިވެހި ރައްޔިތުންގެ 100 އިންސައްތަ ހިއްސާއާއި މިލްކުވެރިކަން އޮންނާނެ ތަނެއްކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.
ވަޒީރު ސައީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަރައްޤީކުރައްވާ ރާއްޖޭގެ މައި ބަނދަރު ވެގެންދާނީ ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮތް، ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލަށް ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ އިޢުތިބާރު ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި ފަށައިގެން ނިންމުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤްވާމީ ޕޯޓުގެ މަޝްރޫޢަކީ، މާތްﷲގެ އިރާދަފުޅާއެކު ދިވެހި މުޅި އުއްމަތަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ އެންމެ އުމްރާނީ ބިޔަ ހިންގުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ޙަޤީޤަތް ޤަބޫލުކުރަން ބޭނުންނުވާ ފަރާތްތަކުން ތިލަފުށީ ބަނދަރާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށްވެސް އިޤްތިޞާދީ ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު