ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ.
މި ބިލު ތަސްދީޤުކުރެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި އިސްލާހަކީ ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅުއްވި ބިލެކެވެ. މިއާއެކު، ރާއްޖޭގައި ދާއިމީ ވިޔަފާރި ތަނެއް ނެތް ނަމަވެސް، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތައް—އެއީ އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި، ދަތުރުފަތުރުގެ ޚިދުމަތްތައް ފަދަ ކަންކަން—ފޯރުކޮށްދޭ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭގޮތުން ނުވަތަ އަމަލީ ގޮތުން ރާއްޖޭގައި ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކީ ރާއްޖޭގައި ދެވޭ ޚިދުމަތެއްގެ ގޮތުގައި ބެލެވޭނެއެވެ.
ނިމިދިޔަ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު މަޖިލީހުން ފާސްކުރި މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް އޮކްޓޫބަރު މަހުން ފެށިގެންނެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އިސްލާހުތައް ތަންފީޒުކުރަން ފެށުމުން، ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކާއި އެޖެންޓުންގެ އަތުން ޓެކްސް ލިބެން ފެށުމާއެކު ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު