ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، މި އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމެވެ. އަދި ހަމައެހެންމެ، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.
މި އިޞްލާޙު ޤާނޫނަކަށް ވުމާއެކު، ދައުލަތުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިޚްތިޞާޞުން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާތަކުން ފުރިހަމަކުރަންޖެހޭ ޚާއްޞަ އިޖުރާތުތަކެއް މި ބިލުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.
މީގެއިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި "އިންޓަގްރޭޓަޑް ސަރވިސް ސެންޓަރު" ތަކެއް ޤާއިމުކޮށް، އެ ސެންޓަރުތައް މެދުވެރިކޮށް ޚިދުމަތް ދެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އަދި މި ޤާނޫނަށް ކުރިން ގެނެވުނު 17 ވަނަ އިޞްލާޙުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ބަދަލުކުރެވިފައިވާ، ކުރީގެ އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، މި 19 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިއަދުން ފެށިގެން މި އިޞްލާޙަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު