ފާނަބަސަންދަކީ ވައިރަހެއްގެ ސަބަބުން ޖެހޭ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ އާންމުކޮށް ކުޑަކުދިންގެ މެދުގައި ގިނައިން ފެންނަ ބައްޔެއް ނަމަވެސް، ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ޚާއްޞަކޮށް މީގެ ކުރިން މި ބަލި ޖެހިފައި ނުވާ ކޮންމެ މީހަކީ ވެސް ފާނަބަސަންދު ޖެހުމުގެ ނުރައްކާ އޮތް މީހެކެވެ. އެހެންނަމަވެސް، އާންމު އުސޫލެއްގެ ގޮތުން އެއްފަހަރު މި ބަލި ޖެހިއްޖެނަމަ، ދިފާޢީ ނިޒާމު ވަރުގަދަވެ ދެވަނަ ފަހަރަށް މި ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
ފާނަބަސަންދު ޖެހުމުން ހަށިގަނޑުން އެކި ކަހަލަ އަލާމާތްތައް ފެންނަން ފަށައެވެ. އެގޮތުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، މާބޮޑަށް ވަރުދެރަވުމާއި، އަދި ނޭފަތުން ފެން އައުން ހިމެނެއެވެ. އޭގެ ފަހުން ހަމުގައި ކުދި ބިހިތަކެއް ނަގަން ފަށައެވެ. މި ބިހިތައް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެންފޮޅުތަކަކަށް ބަދަލުވެގެންދެއެވެ. މި ފެންބިހިތަކަކީ އާދަޔާޚިލާފަށް ހިރުވާ އަދި ވަރަށް ފަސޭހައިން ފަޅައިގެންދާ އެއްޗެކެވެ. ބަލި ޖެހޭތާ ދެތިން ދުވަސް ތެރޭގައި މިފަދަ ފެންބިހިތައް މުޅި ހަށިގަނޑުގެ އެކި ތަންތަނަށް
ފެތުރިގެންދެއެވެ.
މި ބަލި އެކަކު ގައިން އަނެކަކު ގައިަށް ފެތުރެނީ ވަރަށް ހަލުވިކަމާއެކުގައެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާ ނުވަތަ ކިނބިހިއަޅާ ހަދާއިރު، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވައިގެ ތެރެއަށް ވައިރަސް ބޭރުވެގެން ބަލި ފެތުރެއެވެ. މީގެއިތުރުން، ބަލިޖެހި ބިހި ނަގާފައިވާ މީހެއްގެ ގައިގައި ބީހުމުންނާއި، އެމީހަކު ބޭނުންކޮށްފައިވާ ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުންކުރުމަކީ ވެސް ބަލި އަރާ މައިގަނޑު ސަބަބެކެވެ. ހަށިގަނޑުގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލި ލައި، ހިކި ނިމެންދެން ވެސް މި ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު ދެމިއޮވެއެވެ.
ފާނަބަސަންދުން ރައްކާތެރިވުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތް ނުކުރުމާއި، ބަލިޖެހިފައިވާ މީހާ ނުވަތަ ކުއްޖާގެ ގައިގައި ނަގާފައިވާ ހުރިހާ ބިހިތަކެއް އެއްކޮށް ކުރަމަގާލި ލަންދެން ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކުރުން ވަރަށް މުހިންމެވެ. އަދި ބަލިޖެހުމުން ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވެ، ބަލި ފަސޭހަވަންދެން އަންނައުނާއި، ތުވާލި އަދި ކުޑަކުދިން ކުޅޭ ތަކެތި ފަދަ ހިފާ ގެންގުޅޭ އެއްޗެހި ވަކިކުރަންވާނެއެވެ.
މި ބައްޔަކީ ވެކްސިން ޖަހައިގެން ރައްކާތެރިކަން ހޯދޭ ބައްޔެކެވެ. ފާނަބަސަންދުން ދިފާޢުވުމަށް ޖަހާ ޗިކަން ޕޮކްސް ވެކްސިނަކީ އާންމުކޮށް ފާމަސީތަކުން ފަސޭހަކަމާއެކު ލިބެން ހުންނަ ވެކްސިނެކެވެ. އެހެންކަމުން، މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމާއި، ބަލިޖެހިއްޖެ ހާލަތެއްގައި ފަރުދީ ޒިންމާ އަދާކޮށް އެކަހެރިވުމަކީ މުޅި މުޖުތަމަޢުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު