އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް، އެމީހުން ދިރިއުޅޭ ހަގީގީ ތަނާއި ތާރީޚު ކަށަވަރުކުރުމަކީ މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއެކު ކުރެވިދާނެ ކަމެއް ކަމަށް ވިޔަފާރިވެރިޔާ އަދި އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ، މީހަކު ދިރިއުޅެނީ މާލޭގައި، ކުޅުދުއްފުށީގައި، އައްޑޫ ސިޓީގައި ނުވަތަ ރާއްޖޭގެ އެހެން ކޮންމެ ތަނެއްގައި ކަމުގައި ވިޔަސް، އެމީހަކު ހަގީގަތުގައި ދިރިއުޅެމުން އައި ތަން ޓެކްނޮލޮޖީ މެދުވެރިކޮށް ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
އެގޮތުން، މިހާރު ގާތްގަނޑަކަށް ކޮންމެ ދިވެއްސެއްގެ އަތުގައިވެސް ސްމާޓްފޯނެއް އޮންނަކަން ފާހަގަކުރައްވަމުން ފިރާގް ވިދާޅުވީ، ގާނޫނީ ގޮތުން ފުރިހަމަ ރައްކާތެރިކަމެއް ކަށަވަރުކުރެވިއްޖެނަމަ، ކަމާބެހޭ މުވާސަލާތީ ރެކޯޑްތަކުން ވޭތުވެދިޔަ މަދު އަހަރުތަކުގައި މީހުން ހަގީގަތުގައި ދިރިއުޅުނު ސަރަހައްދުތައް ޔަގީންކުރެވިދާނެ ކަމަށެވެ.
މީގެއިތުރުން، އާންމު ދިރިއުޅުމުގައި ގިނަ ބަޔަކު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރަމުންދާއިރު، އެ ކާޑުތަކުން މުއާމަލާތްކުރާ ތަންތަނުގެ މައުލޫމާތަކީވެސް މީހަކު ދިރިއުޅޭ ތަން ސާބިތުކޮށްދިނުމަށް ލިބޭނެ އިތުރު ސަޕޯޓިން ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާގް އިތުރަށް ވިދާޅުވީ، މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދިރިއުޅޭ ތަން ވެރިފައި (ކަށަވަރު) ކުރުމަކީ، މީހުން ދިރިއުޅޭ އަސްލު ރެޒިޑެންސީ ކަށަވަރުކުރުމަށް އެޅިދާނެ ވަރަށް މުހިންމު އަދި އަމަލީ ފިޔަވަޅެއް ކަމަށެވެ. އަދި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އިވެލުއޭޝަންތައް ސައްހަ، ހާމަކަން ބޮޑު، އަދި އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު