މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓުން މި މަހު ވެސް 13 މިލިއަން ރުފިޔާ ކަނޑާލާފައިވާ ކަމަށާއި، އޭގެ ސަބަބުން މި ހިނގާ މަހުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިކަން ހާމަކުރެއްވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާންމު ޖަލްސާގައި، ކުރިއަށް އޮތް އަހަރުތަކުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
މޭޔަރު ޢާޒިމް ވިދާޅުވީ، ކައުންސިލަށް ލިބޭ ބްލޮކް ގްރާންޓުގެ ތެރެއިން ކުރިން ސޭވްކޮށްފައި ހުރި ފައިސާގެ އެހީގައި މިދިޔަ މަހު މުވައްޒަފުންނަށް މުސާރަ ދެވުނު ނަމަވެސް، މި މަހުގެ މުސާރަ ދިނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ކައުންސިލަށް ލިބޭ އާންމު އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރުން މިހާރު ކަނޑާލާފައިވާތީ، ކައުންސިލްގެ ބަޖެޓް ބޮޑުތަނުން ޑެފިސިޓް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޒަމާނުއްސުރެ ކައުންސިލަށް ލިބެމުން އަންނަ އެތައް ބިލްތަކެއް އެބަހުރި ކަމަށާއި، މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވަނީ ކައުންސިލަށް ލިބޭ މަދު އެއްޗަކުން ކަމަށް ޢާޒިމް ވިދާޅުވިއެވެ.
"އެހެންވީމަ ސަރުކާރުގައި މިއެދެނީ ދައްކަން މިހިރަ ބޮޑެތި ބިލްތައް ދެއްކުމަށް ބަޖެޓް އިތުރަށް ހަމަޖައްސައިދިނުމަށް،" ޢާޒިމް ވިދާޅުވިއެވެ.
ސަރުކާރުގެ މި ނިންމުންތަކުގެ ސަބަބުން ކައުންސިލްގެ ހިންގުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން މިސްކިތްތައް ބެލެހެއްޓުމަށާއި، މަގުތައް މަރާމާތުކޮށް ހެދުމުގެ އިތުރުން ފްލެޓްތައް މަރާމާތު ކުރުން ފަދަ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މިފަދަ ދަތިތަކާއެކުވެސް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނީ ވީހާވެސް ޚަރަދު ކުޑަކޮށް މާލެ ސިޓީ ކައުންސިލް ހިންގޭތޯ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަހުވެސް ދަތި އުނދަގޫތަކެއް ހުންނާނެތީ، އެކަން މާލޭގެ ރައްޔިތުންގެ ސަމާލުކަމަށް ގެންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު