ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ވަރަށް "ގަދަކޮށް" ކަމަށާއި، އެކަމާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހިތްޕުޅު ގޯސްކުރައްވާނެ ކަމެއް ނެތް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޕީއެންސީގެ ހުރިހާ މެންބަރުން ތިބީ ސަރުކާރާ އެކު ނޫން ކަމަށާއި މަޖިލިސް ތެރޭގައި "ހިމޭން އިންގިލާބެއް" ހިނގަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޑޮލަރުގެ މައްސަލައާ ގުޅިގެން ރައީސް މުޢިއްޒާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ މެންބަރުން ޕީއެންސީގެ ތެރޭގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި ކަޅު ބާޒާރުގައި ވިޔަފާރިކުރާ ބޭފުޅުންނާއި ސަފާރީ ދުއްވާ މެންބަރުން ހިމެނޭ ކަމަށެވެ. އަދި ވަރަށް އަވަހަށް ހާލަތު ބަދަލުވެގެންދާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޝުޖާއު އެކްސްގައި ވިދާޅުވީ، ރައީސް ޔާމީން ވިދާޅުވާ ފަދަ އެއްވެސް ކަމެއް މަޖިލިސް ތެރޭގައި ނުހިނގާ ކަމަށެވެ.
"ހާލަތު ބަދަލު ވުމަށް ކީއްކުރަން ކުރާ އުންމީދެއްތޯ؟ ހިތްޕުޅު ގޯސްވާނޭ ކަމެއް ނެތް އަޅުގަނޑުމެން މިތިބީ ރައީސް މުޢިއްޒާއެކު ގަދަކޮށް. ހަމަ ވަރަަށް ގަދަކޮށް އިނގޭތޯ،" ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާއު ވަނީ، މަޖިލިސް ތެރޭގައި ހިތްނުތަނަވަސްކަމެއް އުޅޭނަމަ އުޅެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ މެދުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެ މެންބަރުންގެ ވާހަކަތަކުން ވަރަށް ބޮޑަށް ހާމަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުޖާއު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 93 މެންބަރުންގެ ތެރެއިން ސުޕަ މެޖޯރިޓީއާއެކު 74 މެންބަރުންނަކީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން ކަމަށެވެ. އަދި މަޖިލިސް މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް (އެންޓި ޑިފެކްޝަން) މާއްދާތައް މިހާރު ވަނީ ޤާނޫނުއަސާސީގައި ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު