ރާއްޖޭގެ އިޤްތިޞާދީ އެއްބާރުލުމާއި ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ ސީއީއޯ އަދީބު ޔޫސުފް އަލް އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެފަރާތުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމާއި، ރާއްޖޭގެ ބިނާރާއި ޤައުމީ ރައްޤީގެ މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ. އަދި ބައްދަލުވުން ނިންމަވާލައްވަމުން، ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައިވެސް އެކުގައި މަސައްކަތްކުރެއްވުމުގެ ޔަގީންކަން ދެފަރާތުން ވަނީ ދެއްވާފައެވެ.
އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން، އެ ޤައުމުތަކުގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ މުއައްސަސާއެކެވެ.
ދިވެހިރާއްޖެއަށް 2005 ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީތެރިކަން ލިބެމުން އަންނައިރު، އެންމެ ފުރަތަމަ އެހީ ލިބިފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުރޫޕް މެދުވެރިކޮށެވެ. އޭގެ ފަހުން ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ އެހީތެރިކަން އެކި ފަހަރު މަތިން އައިޓީއެފްސީން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު