ޔޫރޯ މާކެޓިންގ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026 ގެ ޗެމްޕިއަން، ފޯ ސީޒަންސް ލަންޑާ ގިރާވަރުގެ ސުދިއާނާ
ޔޫރޯ މާކެޓިންގ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026 ގެ ޗެމްޕިއަން، ފޯ ސީޒަންސް ލަންޑާ ގިރާވަރުގެ ސުދިއާނާ
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 އެގްޒިބިޝަންގެ ތެރެއިން، ޔޫރޯ މާކެޓިންގ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ފޯރިގަދަ "1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026" ގެ ޗެމްޕިއަންކަން، ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ލަންޑާ ގިރާވަރުގެ ހުނަރުވެރި ބައިވެރިޔާ ންގަކަން ނިޔޯމަން ސުދިއާނާ ކާމިޔާބުކޮށްފިއެވެ. މިއީ މި މުބާރާތުގައި އޭނާ ވާދަކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި މި މުބާރާތަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު ޕްރީމިއަމް ސިރަޕް ބްރޭންޑް "1883" އާއި ޔޫރޯ މާކެޓިންގ ގުޅިގެން ބޭއްވި ޚާއްޞަ ހަރަކާތެކެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުނަރުވެރިންގެ އީޖާދީ ފަންނުވެރިކަމާއި، ބުއިންތައް ތައްޔާރުކުރުމުގެ މޮޅު ހުނަރުތައް ދައްކާލުމަށް ފަހި ފުރުޞަތެއް ހޯދައިދިނުމެވެ.



ޔޫރޯ މާކެޓިންގ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026 ގެ ވަނަވަނައަށް ދިޔަ ބައިވެރިން


މި މުބާރާތުގައި ބައިވެރިވުމަށް 30 ފަރާތަކުން ނަން ނޯޓުކުރި ނަމަވެސް، ސްޓޭޖުގައި ޢަމަލީ ގޮތުން ވާދަކޮށްފައިވަނީ އެންމެ މޮޅު 20 ބައިވެރިންނެވެ. ބައިވެރިންގެ ފަރާތުން ފެނިގެންދިޔައީ ކުލަތަކާއި ރަހަތަކުގެ ފުރިހަމަ ގުޅުމާއި، ޒަމާނީ އުކުޅުތަކުގެ އެހީގައި ތައްޔާރުކުރެވުނު ފަންނުވެރި އަދި އެހާމެ ފުރިހަމަ އުފެއްދުންތަކެކެވެ.

މުބާރާތުގެ އެއްވަނަ ހޯދި ސުދިއާނާ ބުނި ގޮތުގައި، އޭނާގެ ކާމިޔާބު މޮކްޓެއިލް އުފެއްދުމަށް ޚިޔާލު ލިބުނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތި ފަރުތަކާއި، ކަނޑުގެ ތާޒާ ވައިރޯޅީގެ އިތުރުން މޭވާގެ މީރު ރަހަތަކުންނެވެ.



ޔޫރޯ މާކެޓިންގ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 1883 މޮކްޓެއިލް ކޮމްޕެޓިޝަން 2026 ގެ ތެރެއިން


މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއަހަރުގެ އެފްއެޗްއޭއެމް ފެއަރގައި ޔޫރޯ މާކެޓިންގގެ ފަރާތުން ބައިނަލްއަޤްވާމީ ފެންވަރުގެ ކާބޯތަކެތީގެ ބްރޭންޑްތައް ދައްކާލުމަށް ކުރިއަށްގެންދިޔަ ހަރަކާތްތައްވެސް މިހާރު ވަނީ ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު