އެޕިސޯޑް 19
................
އެ މަންޒަރު ބަލަން ރީޙާނަށް ކެތްކުރެވުނީ ވަކިވަރަކަށެވެ. އޭނާ އަޑުގެކޮޅަށް ހަޅޭއްލަވައިގެންފިއެވެ.
[ރާނިޔާ....ތިޔައީތަ ކަލޭގެ ތެދުވެރިކަމަކީ...މުޑުދާރު އަންހެނާ...] ރީޙާންގެ އަޑަށް ރާނިޔާއާއި އޭނާގެ ބައިވެރި ޒުވާނާޔަށް ސިހުން ލިބުނެވެ. ރީޙާން އުޅުނީ އެތާ އޮތް ލަކުޑިގަނޑެއް ނަގައި، ރާނިޔާއާއި އޭނާގެ ބައިވެރިޔާއަށް ޙަމަލާދޭށެވެ. އެހާވެސް އޭނާގެ ލޭހުރީ ހޫނުވެފައެވެ. ނަމަވެސް، އެވަގުތު ހައިޝަމް ރީޙާން ހިފެހެއްޓިއެވެ.
[ރީޙާން...މިވަގުތު ގެޔަށް ހިނގާ...އަތް އިސްކުރާކަށް ނުވާނެ. އެކަހަލަ ވިޔާނުދާ އަންހެނަކާ އިނދެގެން ކިތަންމެ ދުވަހެއްވިޔަސް ދިރިއުޅުމެއް ނުލިބޭނެ.] ހައިޝަމް ރީޙާންގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ.
އެދިޔަގޮތަށް ގެޔަށް ދިޔުމުގެ ބަދަލުގައި، ހައިޝަމް ރީޙާން ގޮވައިގެން ދިޔައީ ހިތަދޫ މުޙިއްބުއްދީން ސްކޫލް ކައިރީގައި ހުންނަ ރެސްޓޯރަންޓަކަށެވެ.
[މިތަނަށް ވަދެ ފިނި އެއްޗެއް ބޮއި ހަމަޖެހިލައިގެން ގެޔަށްދާނީ...އިނދެގެން ނޫޅެވޭނެ ކަމުގެ ޔަޤީންކަން ލިބުނީމާ، އެންމެ ބުއްދިވެރިވާނީ ސަލާމަތްވުން. ނަޞީބު ރަނގަޅުތާ، ކުއްޖަކުވެސް ނެތްކަން.] ހައިޝަމް ރެސްޓޯރަންޓަށް ވަންނަމުން ވާހަކަ ދެއްކިއެވެ.
އޭރު ރީޙާން ހުރީ ވަރަށް ބޮޑަށް މޫޑު ސަކަރާތްވެފައެވެ. އޭނާގެ ލޯމަތިން ސިފަވަމުންދަނީ، މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ލޯމަތިން ފެނުނު މުޑުދާރު މަންޒަރުތަކެވެ.
[ރީޙާނަށް ކޯއްޗެއްތަ ގެންނަންވީ؟] ގޮނޑީގައި އިށީންނަމުން ހައިޝަމް އެއްސެވެ.
[އަހަރެން އެއްވެސް އެއްޗެއް ނުބޯނަން....] ރީޙާން ބުންޏެވެ.
[ނޫނޭ....ރީޙާންވާނެ، ކޮންމެވެސް ފިނި އެއްޗެއް ބޯން. ކޮންމެހެން އަހަރެން މިތަނަށް މިވަނީވެސް ރީޙާނަށް ފިނި އެއްޗެއް ދޭން. ޗޮކްލެޓް މިލްކްޝޭކެއް ގެންނަން؟] ހައިޝަމް މެނޫ ބަލަމުން ވާހަކަ ދެއްކިއެވެ.
[އާނ....އެންމެ ރަނގަޅު...ހައިޝަމަށް ފެންނަ އެއްޗެއް ގެނޭ...] އެއީ ވެއިޓަރ އަންހެން ކުއްޖާ އެތަނަށް އައިސް ހުއްޓުނު ވަގުތުކަމުން، ހައިޝަމް އޯޑަރު ދިނެވެ.
[އެހެންވެޔޭ އަހަރެން ނަޝްވާއަށް އިންތިޒާރު ކުރަން އުޅުނީ. އަހަރެންގެ ބައްޕަމެން އެއްވެސް ބެލުމެއްނެތި އަހަރެން މިވެއްދީ ކޮންކަހަލަ ތަނަކަށް.] ރީޙާން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
[ރީޙާން، ތިކަމާ މާބޮޑަށް ވިސްނުމުގެ ބޭނުމެއްނެތް. މަޖީދުބެއާއި ޤިސާމައްތަމެން ގާތު ހުރިހާ ވާހަކައެއް ކިޔައިދީ. އެއަށްފަހު ވަރިކޮށްލާ....ރާނިޔާ އެކުރީ އަހަރެން މަޢާފް ކުރާނޭވަރުގެ ކުށެއް ނޫން. އަހަރެންގެ ބަސް ޤަބޫލުކުރާ އެއްވެސް ފިރިހެނަކު، އެފަދަ މީހަކަށް މަޢާފެއް ނުކުރާނެ.] ހައިޝަމް ބުންޏެވެ.
[ހައިޝަމަށް ހީވަނީތަ، އަހަރެން އޭނަޔަށް މަޢާފް ކުރާނެޔޭ....މިއަދުން މިއަދަށް އަހަރެންގެ ޙަޔާތުން އޭނަ ބޭރުކުރާނަން.] ރީޙާން ބުންޏެވެ. އެވަގުތު ވެއިޓަރު، ދެތަށި މިލްކްޝޭކް ގެނެސް މޭޒުމަތީގައި ބަހައްޓައިފިއެވެ.
އެދުވަހު ރީޙާން ގެޔަށް ދިޔުމުގެ ކުރިން، ހައިޝަމް ރީޙާނަށް ހިތްވަރާއި ނަޞޭޙަތްދިނެވެ. އެދުވަހު ފެނުނު މަންޒަރާ ބެހޭގޮތުން ރީޙާންގެ ބައްޕަ މަޖީދު ގާތު އެވާހަކަ ދެއްކީ ހައިޝަމެވެ. ޤިސާމާ ގާތު ދެއްކީ ހައިޝަމްގެ އަންހެނުން ޝީނާއެވެ. އެއީ ރީޙާނަށް އެ ފެނުނު މަންޒަރު ސީދާ އޭނާގެ މަންމަމެންނަށް ކިޔައިދޭން ނުކެރޭނެތީއެވެ. އެއީ ލަދުވެތި ވާހަކަތަކެކެވެ.
ރީޙާނަށް ގެޔަށް ދެވުމުގެ ކުރިން އެކަން ރީޙާންގެ ބައްޕަމެނަށް ހައިޝަމް އެންގީ، ރީޙާނަށް ކިޔައިދޭން ނުކެރޭނެކަން އެނގޭތީއެވެ. ވުމާއެކު، ރީޙާން ގެޔަށް ވަންއިރު ސިޓިންގރޫމްގައި ޤިސާމާއާއި މަޖީދު، ރީޙާންގެ އިންތިޒާރުގައި ތިއްބެވެ. ރީޙާން ވަންގޮތަށް އެއްވެސް މީހަކާ ވާހަކަ ނުދައްކާ ސޯފާގައި އިށީނެވެ.
[ދަރިފުޅާ....ހާދަ މާޔޫސްވެފައި.] މަޖީދު ރީޙާނާ ކައިރިޔަށް ޖެހިލައިފިއެވެ. ބައްޕަ މިހެން ބުނުމާއެކު، ރީޙާންގެ ދެލޯ ފެންކަޅިވިއެވެ.
[ކުރިން ޙާލުގައި ޖެހުނީ އަހަރެން އަމިއްލައަށް. އެކަމަކު މިއަދު އަހަރެން ޙާލުގައި ޖެއްސީ ބައްޕަމެން. ބައްޕަމެން ކީއްވެތަ، ރާނިޔާގެ ޙަޤީޤަތް ނުހޯދީ....އޭނާގެ ކިބައިން އެފެނުނު މުޑުދާރު މަންޒަރު...] ރީޙާން ކޮށިއެރިއެވެ.
[ދަރިފުޅާ....ދަރިފުޅު އިތުރަށް ކިޔާނުދިނަސް ބައްޕަމެނަށް އެނގިއްޖެ. ހައިޝަމާއި ޝީނާ ހުރިހާ ވާހަކައެއް ބައްޕަމެނަށް ކިޔާދީފި. ރާނިޔާއަކީ އެހާ ވިޔާނުދާ ކުއްޖެއްކަން ކުރިން އެނގުނުނަމަ، ބައްޕަމެން ތި ކައިވެނި ކުރަން ހިތަކަށްވެސް ނާރުވާނަން.] މަޖީދުވެސް ވަރަށް ދެރަވެއްޖެއެވެ.
[ދަރިފުޅާ ހިތްވަރުކުރޭ...އަވަހަށް އެ ވިޔާނުދާ އަންހެނާގެ ކިބައިން ސަލާމަތްވެގަނޭ....ދެން ދަރިފުޅު އިންނަންވާނީ ދަރިފުޅު އަމިއްލައަށް ކުއްޖަކު ހޯދައިގެން، ޙަޤީޤަތްވެސް ރަނގަޅަށް ހޯދުމަށްފަހު...] ޤިސާމާ ރީޙާންގެ ބޮލުގައި އަތްކާއްތާލިއެވެ. އެއީ ސްކޫލް ނިންމުމަށްފަހު، ރާނިޔާ ގެޔަށް އައިސް ވަން ވަގުތެވެ.
[ޚަބަރުދާރު، ރާނިޔާ....އެތެރެޔަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި. ތިޔަކަހަލަ މުޑުދާރު އަންހެނަކަށް، މިގޭތެރެޔަކު ފުރްޞަތެއް ނެތް...] ރީޙާންގެ ހަރުކަށި އަޑާއެކު، ރާނިޔާ ހުއްޓުނެވެ. އޭނާ ޙައިރާންކަމާއެކު، ދެލޯ ބޮޑުކޮށްގެން ރީޙާންގެ މޫނަށް ބަލަން ހުއްޓެވެ.
[ރީޙާން...ކީކޭތަ ތިކިޔަނީ؟ އަހަރެން މުޑުދާރުވެގެން ކީއްތަކުރީ؟ ތިޔަކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ. މަންމާ، ބައްޕާ، ކިހިނެއްތަ ވެގެން މިއުޅެނީ!؟] ޙަޤީޤަތުގައިވެސް ރާނިޔާއަށް އެއްވެސް އެއްޗެއް ނޭނގެއެވެ. ރީޙާން ރުޅިއަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެއެވެ.
[ކަލޭ މުޑުދާރުވެގެން ކުރި ކަންތައް ކަލެޔަށް އެނގޭނެ. ގައުކަނޑި ވަލުތެރޭގައި ކަލޭ ކީއްތަކުރީ....ކަލޭ އަހަރެންގެ ޙަލާލު އަނބިމީހާގެ ގޮތުގައި ހުރެ، އެފަދަ މުޑުދާރު ޢަމަލުތަކެއް ހިންގީ ކީއްވެގެންތަ؟] ރީޙާން ތެދުވިއެވެ. އޭރު ރީޙާން ހުރީ ރުޅިއައިސް ތުރުތުރުއަޅާ ޙާލުގައެވެ.
[ހެޔޮނުވާނެ، ތިޔަފަދަ މުޑުދާރު އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވަނީ ކީއްވެތަ؟ އަހަރެން ސްކޫލް އޮފީހުން ބޭރަށް އެއްވެސް ތަނަކަށް ނުދަން. ޙަޤީޤަތް ނުބަލައި، ތިކަހަލަ ވާހަކަ ނުދައްކާ....ސްކޫލަށް ގުޅާފައި އަހާބަލަ، އަހަރެން ބޭރަށްދިޔަތޯ....] ރާނިޔާ ބާރުބާރަށް ރޯން ފަށައިފިއެވެ.
[އަހަރެން ނުޖެހޭނެ، އެއްވެސްތާކަށް ގުޅާކަށް. އަހަރެންގެ ލޮލުންނޭ ކަލޭގެ ޢަމަލުތައް ދުށީ....ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ. ތިކަހަލަ އަންހެނަކާ އިނދެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ރީޙާން ރުޅިއައިސް ތުރުތުރުއަޅަމުން ދަނީއެވެ.
[ހެޔޮނުވާނެ...އާދޭސްކުރަން...އަހަރެންގެ އެއްވެސް ކުށެއްނެތި، ރީޙާންގެ ޙަޔާތުން އަހަރެން ބޭރުނުކުރޭ...އަހަރެން ރީޙާންދެކެ ވަރަށް ލޯބިވޭ...ވަރަށް ލޯބިވޭ...ޙަގީޤަތް ނުބަލައި އަހަންނާ ދޭތެރޭ ތިހެން ނަހަދަބަލަ. އަޅެ ސްކޫލަށް ގުޅާބަލަ....] ރާނިޔާ ގިސްލަ ގިސްލާފައި ރޮމުންދަނީއެވެ.
[ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަށް މަންޒަރު ނުފެނި، މީހަކު ބުނި ވާހަކައެއްނަމަ، އަހަރެން ކަލޭގެ އަޑުއެހީމުސް. އަހަރެންގެ ރުޅި ކޮންޓްރޯލުން ނެއްޓުމުގެ ކުރިން ކަލޭ މިގެއިން ނިކުމޭ.] ރީޙާން ލޯއަޅާލަމުން ކުޑަކޮށް ކުރިޔަށް ޖެހިލިއެވެ. ރާނިޔާ ކުޑަކޮށް ފަހަތަށް ޖެހެން ފެށިއެވެ.
[މަންމާ...ބައްޕާ....ރީޙާނަށް ވިސްނައިދީބަލަ...ރީޙާނަށް ކޯއްޗެއް ކޮންގޮތަކަށް ފެނިގެންތަ އެއުޅެނީ...ހެޔޮނުވާނެ މަންމާ...ބައްޕާ...އަހަރެން އެއްވެސް ކުށެއް ނުކުރަން. އެއްވެސް ކުށެއް ނުކުރާނަން....ކީއްވެތަ މަންމަމެން އަނގައިން ނުބުނެ ތިތިބީ.] ރާނިޔާ ރޮމުން ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ. އެއާއެކު މަޖީދު ޤިސާމާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
[އަހަރެންގެ ލޮލަށް އެކަންޏަކު ނޫނޭ، ކަލޭގެ މުޑުދާރު ޢަމަލުތައް ފެނުނީ. ހައިޝަމްވެސް ދުށް. ދެން އިތުރަށް އަހަރެންގެ ކުރިމަތީގައި ނުހުރެ ކަލޭ މިގެއިން ނިކުމޭ. މިވަގުތުން ފެށިގެން ކަލޭތީ އަހަރެންގެ އަންބެއް ނޫން. އާނ...ރާނިޔާ ތިޔައިނީ ވަރިކޮށްފަ....ކަލޭގެ އެއްޗެއް ހުރިއްޔާ ހިފައިގެން، ހަމަ މިހާރު މިގެން ނިކުމޭ.] ރާނިޔާ ވަރިކުރުމަށްފަހު، ރީޙާން ކުޑަކޮށް ފަހަތަށްޖެހި، އަނެއްކާވެސް ސޯފާގައި އިށީނެވެ. އެއަށްފަހު، އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެއީ ރާނިޔާގެ ބައްޕަ ޢުޘްމާން އެގެޔަށް އައިސް ވަން ވަގުތެވެ. ރާނިޔާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ބައްޕަގެ ގައިގައި އޮޅުލައިގެންފިއެވެ.
[ބައްޕާ....ހެޔޮނުވާނެ ބައްޕާ...ރީޙާނަށް ވިސްނައިދީބަލަ. އަހަރެން އެއްވެސް ކުށެއް ނުކުރަން. އެއްވެސް ކުށެއް ނުކުރަން. ރީޙާން އަހަރެން ވަރިކޮށްފި...އަހަރެން އެއްވެސް ކުށެއް ނުކުރަން. އެއްވެސް ކުށެއް ނުކުރަން.] ރާނިޔާ ޚަބަރު ހުސްވީ އެހާ ހިސާބުންނެވެ. ޢުޘްމާން ރުޅިމޫނާއެކު ރީޙާނަށް ބަލައިލުމަށްފަހު، އޭނާގެ ދަރިފުޅު އަތްދަނޑިމައްޗަށް ނަގައިގެން ނިކުތެވެ. އެވަގުތު އެހެންދިޔަ ކާރެއް އޭނާ މަޑުކުރުވިއެވެ.
ރާނިޔާ ގޮވައިގެން ޢުޘްމާން ދިޔައީ ހޮސްޕިޓަލަށެވެ. ހައިޝަމް ރީޙާންމެން ގެޔަށް އައިސް ވަނީ ޢުޘްމާން ރާނިޔާ ގޮވައިގެން ދިޔަތަނާހެންނެވެ.
[އޭނަ އެއްބަސްވިތަ؟] ހައިޝަމް އެއްސެވެ.
[އެކަހަލަ މީހަކު އެއްބަސްވާނެތަ. ތިމަންނަ އެއްވެސް ކުށެއް ނުކުރަމޭ ބުނެފައި ރޮނީ...އަހަރެން ވަރިވެސްކޮށްފިން. ރީޙާން ބުންޏެވެ.
[އޭރު ފޯނުން ފޮޓޯތަކެއް ނެގީމެއްނު. ފޮޓޯތައް ދެއްކިނަމަ، އަނގަ ބެދުނީހެންނު.] ހައިޝަމް ބުންޏެވެ.
[ފޮޓޯމަތިން އަހަރެން ހަނދާނެއްވެސް ނެތް. އަދި އަހަރެންވެސް ބަލައެއްނުލަމޭ.] ރީޙާން ޖީބުގައި އޮތް ފޯނު ނަގައި، މަލްޓި މީޑިއާ ހުޅުވާލިއެވެ.
އެޔާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ދިހަވަރަކަށް ފޮޓޯ ހުރިއިރު، އެއްވެސް ފޮޓޯއެއްގައި ރާނިޔާއެއް ފެންނާކަށް ނެތެވެ. ފޮޓޯތަކުން މުޅިންވެސް ފެންނަމުންދަނީ ޒުވާން ފިރިހެނެކެވެ.
[ހައިޝަމް!؟ މިއަށް ބަލާބަލަ.] ރީޙާން ފޯނު ހައިޝަމްގެ އަތަށް ދިނެވެ. އެޔާއެކު ހައިޝަމްގެ ދެލޯވެސް ބޮޑުވިއެވެ.
[ކިހިނެއްބާމިވީ؟ އަނެއްކާ އެއްކަލަ ހަންޑިގަނޑުގެ ކަމެއްބާ؟] ހައިޝަމްގެ ހިތުގައި ސުވާލު އުފެދުނެވެ. އެޔާއެކު، ދެތިންދުވަސް ކުރީގެ ހަނދާންތަކެއް ރީޙާންގެ ސިކުނޑީގައި އެނބުރިގަތެވެ. ރާނިޔާގެ އަތުން ލޫބާގެ ދަރިފުޅު މަރުވުމުން އޭނާވަނީ ރާނިޔާގެ ކިބައިން ބަދަލުހިފާނެ ވާހަކަ ބުނެފައެވެ.
[ރަނގަޅަށް ހައިޝަމް ތިބުނީ...ޝައްކެއްވެސް ނޫން، ރާނިޔާގެ އެއްވެސް ކުށެއް ނެތް. ލޫބާގެ ނުލަފާ ރޭވުން. ދެން ލޫބާއަކަށް ދުލެއް ނުދޭނަން. އޭނަގެ ސަބަބުން އަހަރެންގެ އުފާތަކަށް އެބަ ހުރަސްއެޅޭ....ފުރަތަމަ ހިނގާ، ރާނިޔާ ގާތަށް މަޢާފަށް އެދެން ދާން. އެކަމަކު ރާނިޔާ އަހަންނަށް މަޢާފް ކުރާނެބާ؟] ރީޙާންގެ ސިކުނޑި ސުމަކަށް ދިޔަކަހަލައެވެ. އޭނާ މުޅިން މާޔޫސްވެއްޖެ ކަހަލައެވެ.
އެއްވެސް ކުށެއްނެތި ރާނިޔާއަށް އެދެވުނީ ކިހާބޮޑު އަދަބެއް ހެއްޔެވެ.
[އެއްވެސް ކުށެއްނެތި ރާނިޔާއާމެދު އަހަންނަށް ކަންތައް ކުރެވުނު ގޮތުން ރާނިޔާއަށް ވަރަށް އަސަރު ކުރާނެ. ހައިޝަމް...އަހަންނަކަށް ނުކެރޭނެ، އަލުން ރާނިޔާއާ ކުރިމަތިލާކަށް.] ރީޙާން ފުންނެވާއެއްލިއެވެ.
[އަހަރެން ގޮސް ކަންތައްވީގޮތް ރާނިޔާއަށް ކިޔާދެންތަ؟ ފުރަތަމަ އަހަންނަށް ހީވަނީ މަޖީދުބެގާތު ބުނެގެން ރާނިޔާގެ ބައްޕައަށް ތިވާހަކަ ކިޔާދޭންވީހެން.] އެއީ ހައިޝަމަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ. އެވަގުތު ރީޙާންގެ މަންމައާއި ބައްޕަ ކޮޓަރިން ނިކުމެގެން އައިސް އެތަނަށް ހުއްޓިއްޖެއެވެ.
[މަންމާ....ބައްޕާ...އަޞްލު ރާނިޔާގެ އެއްވެސް ކުށެއް ނެތް. ރާނިޔާގެ ސިފައިގައި އަހަރުމެންނަށް އެ ފެނުނީ، އަހަންނާ އަވަލައިގެން އުޅޭ އެއްކަލަ ހަންޑިގަނޑު. ބައްޕާ، އެކަމަކު ރާނިޔާގެ ކުރިމައްޗަށް މަޢާފަށް އެދި ދާކަށް އަހަންނަށް ނުކެރޭނެ.] ރީޙާން ބޭނުންވަނީ މަޢާފަށް އެދެން، އޭނާގެ ބައްޕައާއި މަންމަ ފޮނުވާށެވެ. އެނޫން ގޮތެއް އޭނާޔަކަށް ނެތެވެ. އެކަމަކު، ޙަޤީޤަތް ކިޔައިދޭއިރު، އޭނަޔަކީ ޖިންނި އަވާލާފައިވާ މީހެއްކަން އެނގުނީމާ، ރާނިޔާގެ މައިންބަފައިން ރާނިޔާ އަލުން އޭނާގެ ދިރިއުޅުމުގެ ތެރެޔަށް ނުފޮނުވުމަކީވެސް ވަރަށް ކައިރި ކަމެކެވެ.
ރީޙާނާއި ހައިޝަމް ހުރިހާ ވާހަކައެއް ކިޔައިދިނުމުން، މަޖީދާއި ޤިސާމާ ވަގުތުން ހޮސްޕިޓަލަށް ދިޔައެވެ. އެމީހުންނަށް ހޮސްޕިޓަލަށް ދެވުނުއިރު، ރާނިޔާ އޮތީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ.
[ޢުޘްމާން....އަހަރެންގެ ދަރިފުޅުގެ ސަބަބުން ދިމާވި ކަންތަކަށް މަޢާފްކުރޭ. އަޞްލު ޙަޤީޤަތުގައި ރާނިޔާގެ އެއްވެސް ކުށެއް ނެތް. ރީޙާންގެވެސް އެއްވެސް ކުށެއް ނެތް...އެއްކައިރިއަށް ހިނގާބަލަ، އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން.] ޢުޘްމާން ގޮވައިގެން ހޮސްޕިޓަލުން ބޭރަށް މަޖީދު ނިކުތެވެ. އެއަށްފަހު، ދުވަސްތަކެއް ކުރިން މަޖީދުގެ ދަރިފުޅަށް ދިމާވި ޙާދިޘާއާއި، ރާނިޔާގެ އަތުން ބުޅަލެއް މަރުވި ހިސާބަށް ހުރިހާ ވާހަކައެއް އޭނާ ކިޔާދިނެވެ. އެއަށްފަހު، ރާނިޔާއާއި ރީޙާންގެ ދޭތެރެއަށް ވަދެ، އެދެމަފިރިން ދުރުކުރުމަށް ރޭވީވެސް އެ ޖިންނި ކަމުގައި ޢުޘްމާން ގާތު މަޖީދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު