ލަވާޒާ ބާރިސްޓާ ޗެލެންޖް މޯލްޑިވްސް 2026ގެ ނޭޝަނަލް ފައިނަލްގައި ވަނަ ވަނަ އަށް އައި ބައިވެރިން
ލަވާޒާ ބާރިސްޓާ ޗެލެންޖް މޯލްޑިވްސް 2026ގެ ނޭޝަނަލް ފައިނަލްގައި ވަނަ ވަނަ އަށް އައި ބައިވެރިން
ފޫޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2026 ގައި ކުރިއަށްދިޔަ "ލަވާޒާ ބާރިސްޓާ ޗެލެންޖް މޯލްޑިވްސް 2026" ގެ ނޭޝަނަލް ފައިނަލް ކާމިޔާބުކޮށް، ގައުމީ ޗެމްޕިއަންކަން ކޮންރެޑް މާލްޑިވްސް ރަންގަލި އައިލެންޑްގެ އަނޫރާދާ ކުމާރަސިންގްހާ ހަޕުވާ ހޯދައިފިއެވެ.



ލަވާޒާ ބާރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ނޭޝަނަލް ފައިނަލްގެ ތެރެއިން


އިއްޔެ ނިމުނު މި މުބާރާތަކީ ބާރިސްޓާއިންގެ ކޮފީ ތައްޔާރުކުރުމުގެ ހުނަރާއި، ފަންނީ ގާބިލުކަން، އީޖާދީ ޚިޔާލުތައް އަދި މަސައްކަތަށް ހުރި ޝައުގުވެރިކަން ދައްކާލުމަށް ބޭއްވުނު ބައިނަލްއަގުވާމީ މުބާރާތެކެވެ.



ލަވާޒާ ބާރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ނޭޝަނަލް ފައިނަލްގެ ތެރެއިން


ޔޫރޯ މާކެޓިންގްގެ ލަވާޒާ ޓްރޭނިންގް ސެންޓަރުގައި ބޭއްވުނު ކޮލިފައިންގް ބުރުން ޖާގަ ހޯދި އެންމެ މޮޅު 10 ބާރިސްޓާއިން ވަނީ ގައުމީ ފައިނަލް ބުރުގައި ވާދަކޮށްފައެވެ.

މުބާރާތުގެ ބައިވެރިން ވަނީ ކޮފީ ތައްޔާރުކުރުމުގެ ފަންނީ ގާބިލުކަމާއި ތަފާތު ރަހަތައް އެއްކޮށްގެން އަމިއްލަ ހުނަރު ފުރިހަމައަށް ދައްކުވައިދީފައެވެ. މި މުބާރާތުން އަނޫރާދާ ފުރަތަމަ ވަނަ ހޯދިއިރު، ދެވަނަ ލިބުނީ އަނަންތަރާ ކިހާވައް މޯލްޑިވްސް ވިލާސްގެ ޕްރޭމް ޝަޝީކަންތު ޗަވާން އަށެވެ. އަދި ތިންވަނަ ހޯދާފައިވަނީ ލަކްސް ސައުތު އަރި އަތޮޅު މޯލްޑިވްސްގެ ނޫރު ރޮއިބް އެވެ.



ލަވާޒާ ބާރިސްޓާ ޗެލެންޖް މޯލްޑިވްސް 2026 ގެ ނޭޝަނަލް ފައިނަލްގެ ބައިވެރިން


ގައުމީ ޗެމްޕިއަންގެ ހައިސިއްޔަތުން އަނޫރާދާއަށް 2027 ވަނަ އަހަރުގެ އެޕްރީލް މަހު އިޓަލީގެ ޓުރިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ލަވާޒާ ބާރިސްޓާ ޗެލެންޖް އިންޓަނޭޝަނަލް ފައިނަލްސް" ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މުބާރާތުގައި އޭނާ ވާދަކުރާނީ އެކި ގައުމުތަކުން ހޮވޭ ގައުމީ ޗެމްޕިއަނުންނާއެކުގައެވެ.

ރާއްޖޭގައި ލަވާޒާގެ އޮފިޝަލް ޑިސްޓްރިބިއުޓަރު ކަމަށްވާ ޔޫރޯ މާކެޓިންގްއިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާގައި ކޮފީގެ ސަގާފަތް ފުޅާވަމުންދާ މިންވަރާއި، އެ ދާއިރާގައި ތިބި ބަރިސްޓާއިންގެ ހުނަރުވެރިކަމާއި ފެންވަރު އަންގައިދިން މުހިންމު މުބާރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް