ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ކަނޑަނޭޅުމަށާއި، އެފަދަ މައްސަލަތައް ބަލައި ގޮތެއް ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ހައުސިން މިނިސްޓަރު ޑރ ޢަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ނާޒުކު މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު، އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުވަސްވީ މިފަދަ މައްސަލަތައް ދިރާސާކޮށް އިންސާފުވެރި ނިންމުމެއް ނިންމުމަށްޓަކައި އޮފީސް ފޯ ސިވިލް ރައިޓްސްއަށް ހުށަހެޅުމަށް ފަހު، އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީން ފުރިހަމައަށް އަމަލުކުރަމުން ގެންދާނެ ކަމަށެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ދޫކޮށްފައިވާ ފްލެޓްތަކާއި ގޯތިތަކާ ގުޅިގެން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރުމާއި، އެކި ސަބަބުތަކާ ހުރެ އެތައް ބައެއްގެ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު