ސިޔާސީ ޕާޓީތަކުން ބާއްވާ އެކި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަތައް ދައްކަމުންދާތީ، އެފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައްޔާއި ބާއްވާ އެކިއެކި ޖަލްސާތަކާއި ބައްދަލުވުންތަކުގައި، ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަތައް ދައްކަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، އެއްވެސް ހެއްކެއް ނުވަތަ ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ ވަކި މެންބަރަކާ ބެހޭގޮތުން ފާޑުކިޔައި ވާހަކަދެއްކުމަކީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ، ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ.
އީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޙަރަކާތްތައް ކުރިއަށްގެންދިއުމަކީ އެ ކޮމިޝަނުން ނުހަނު އެދޭ ކަމެއް ކަމަށެވެ.
އެހެންކަމުން، ސިޔާސީ ޕާޓީތަކުން އެއްވުންތަކާއި އެކި ޙަރަކާތްތައް ހިންގުމުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފުނުވާނޭހެން ޕާޓީތަކުގެ ޢަމަލުތައް ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ވަނީ ނަސޭޙަތްތެރިވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، މިދިޔަ ހަފްތާގައި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރަން މަސައްކަތް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު