ރާއްޖޭގައި ފާހަގަކުރި ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ޚާއްޞަ ޙަފުލާގައި، އެންމެ ގިނަ އެވޯޑު ހާސިލުކުރި ކުންފުނީގެ ޝަރަފު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހޯދައިފިއެވެ.
ކުންފުނީގެ ފެންވަރުގައްޔާއި ވަކިވަކި ފަރުދުންގެ ބައިން ޖުމްލަ ހަތަރު އެވޯޑެއް އެމްޑަބްލިޔުއެސްސީން ވަނީ މި ޙަފުލާގައި ކާމިޔާބުކޮށްފައެވެ. އިންޖިނިއަރިންގ ދާއިރާއިން އެމްޑަބްލިޔުއެސްސީ ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ކުންފުންޏަށް ލިބުނު 'ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް' އަދި 'ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް' ހިމެނެއެވެ.
މީގެތެރެއިން 'ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް' އެ ކުންފުންޏަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ، ސައްތައިން ސައްތަ އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމަށެވެ. އަދި 'ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް' އެމްޑަބްލިޔުއެސްސީން ކާމިޔާބުކުރީ ރ. ދުވާފަރުގައި އެ ކުންފުނިން ހިންގަމުން އަންނަ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. މި މޮޑެލްގެ ދަށުން ބޯފެން ފޯރުކޮށްދިނުމާއި، ނަރުދަމާ އާއި، ކުނި މެނޭޖުކުރުމާއި، ކަރަންޓުގެ ޚިދުމަތުގެ އިތުރުން ވާރޭފެން ރައްކާކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެމުން ގެންދެއެވެ.
ކުންފުންޏަށް ލިބުނު ކާމިޔާބީތަކުގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން އެމްޑަބްލިޔުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ ޑރ. ފުރުޤާން އިބްރާހީމް ވަނީ ދެ އެވޯޑެއް ހާސިލުކުރައްވާފައެވެ. އެއީ މުޅި ޙަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު" އަދި "އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު" އެވެ.
އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި މި އެވޯޑުތަކުން ރަމްޒުކޮށްދެނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިންގ ހައްލުތައް ހޯދުމަށާއި، އައު ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމަޢުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކެވެ. އަދި މިއީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ޤާބިލުކަން ސާބިތުކޮށްދިން ކަމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
ޑރ. ފުރުޤާން އިބްރާހީމް ހޯއްދެވި ފަޚުރުވެރި ކާމިޔާބީއަށް މަރުޙަބާ ދަންނަވަމުން އެމްޑަބްލިޔުއެސްސީން ބުނީ، މިފަދަ ކޮންމެ ޤައުމީ ކާމިޔާބީއެއްގެ އަޞްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އެ ފަރާތްތަކުގެ އިޚްލާޞްތެރިކަން ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކުރިމަގުގައިވެސް ދިރާސާތަކާއި އީޖާދީ މަސައްކަތްތައް ފުޅާކޮށް، މުޅި ރާއްޖެއަށް އިތުބާރުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު