މާލެ ސިޓީގައި ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކަށް އޮތް އެންމެ އެދެވޭ އަދި ކާމިޔާބު އެއް ހައްލަކީ އިންތިޒާމުވެފައިވާ، އިތުބާރު ކުރެވޭ ފަދަ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމުކުރުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ، މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މުހިންމުކަން އެމަނިކުފާނު އަބަދުވެސް ފާހަގަކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން، އެމްޑީޕީގެ ސަރުކާރުތަކުގައި ތަޢާރަފުކުރި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމު އިތުރަށް ވަރުގަދަކޮށް، ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭ، އަދި އިތުރަށް ހިންގުންތެރި ނިޒާމަކަށް ހަދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޒީމް އިތުރަށް ވިދާޅުވީ، ފުރިހަމަ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއްގެ ސަބަބުން މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މިއީ އާންމު އާއިލާތަކުގެ މާލީ ބުރަ ލުއިކޮށްދީ، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް މަތިކޮށްދޭނެ ކަމެއް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު