މޭޔަރ ޝިފާ
މޭޔަރ ޝިފާ
ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ސުނާމީ ބިނާ މައިޒާން މި އަހަރު ފަސް ފަހަރަށް މަރާމާތުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ލޮނުޒިޔާރަތް ކޮޅު ތޮށިގަނޑުން ބޭރުގައި ހަދާފައި ހުރި ސުނާމީ ބިނާ މީގެ ކުރިން ތިން ރުށް ޕާކް ގެ ގޮތުގައި މަޝްހޫރު ވެފައިވާ ސަރަޙައްދަށް، ބަދަލުކޮށް ޕާކެއް ގޮތުގައި އެތަން ތަރައްޤީ ކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި މާލޭގެ މުހިއްމު ބިނާތައް އެއްތަނުން އަނެއް ތަނަށް ބަދަލުކޮށް ކުރިއަށް ގެންދިޔަ މަސައްކަތުގެ ދަށުންނެވެ.



ސުނާމީ ބިނާ މައިޒާން ވަރަށް ބޮޑަށް ވީރާނާ ވަމުންދާ މަންޒަރު ފެންނަ ވީޑިއޯއަކަށް ކުރެއްވި ކޮމެންޓެއްގައި މޭޔަރ ޝިފާ ވިދާޅުވީ ސުނާމީ ބިނާ މައިޒާން މި އަހަރު ފަސް ފަހަރަށް މަރާމާތުކޮށްފައިވާ ކަމަށެވެ. އަދި އެސަރުކާރު، މިސަރުކާރު ކިޔަމުން ކައުންސިލުން އެއްވެސް ކަމެއް ދޫކޮށް ނުލާނެ ކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.



ސުނާމީ ބިނާ ވީރާނާވާން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވެސް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން ވަނީ ރައްޔިތުން ބޭނުންކުރުމަށް ހަދާފައިވާ ތަންތަން ވީރާނާ ވުމަށް ދޫކޮށްލާފައި ކަމަށެވެ. އަދި އެގޮތަށް ޢަމަލު ކުރަނީ ރައްޔިތުންދެކެ ކޮން ރުޅިއެއް އަންނާތީތޯ ވިދާޅުވެ މުޢިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މާލޭ ހުޅަނގު ދެކުނު ފަރާތުގެ ތިން ރުއް ޕާކު ޒަމާނީ ފެންވަރަށް ތަރައްގިީކޮށް، ސުނާމީ ބިނާ މައިޒާންގެ ނަމުގައި އެ ތަން އަލުން ހުޅުވީ މާޗު 13، 2016، ގައެވެ. ރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގެއްލިދިޔަ މީހުންނާއި މަރުވި މީހުންގެ ޢަދަދު ރަމްޒުކޮށްދޭ ސުނާމީ ބިނާ މައިޒާން މިހާރު ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-4

އަބްދޫ

03-Nov-2020

މަރާމާތު ކުރިކަމަށް 5 ފަހަރު ފައިސާ ހަރަދު ކޮށްފިން އުތަ


0

ވަރަބިނދުނުކޮތަރު

03-Nov-2020

މިއަހަރު 5ފަހަރު ފެންވަރައިފީމޭވެސް ބުނެލިނަމަ ދެލޮލަށްފެނިފިނިމައިޒާނަށްފިނިކޮއްލަންދާމީހުނަށްއެގޭނީއެހާރާމިހާރުގެތަފާތުކަން . ގޮޑުބަޔަކުއަރާގައުމުގޮޑުކޮއް ގައުމު ހުރިހާކަމެއްގަބޮއްސުން ލާފައޮތްއިރުވެސްއަގައިންހިފަހައްޓަނީ . ކަމެއްނުވާބައެއްގެއަގަދަށުންރައްޔިތުންނަށްސަލާމަތްވާންޖެހިފަ .


-7

5 ފަަހަރު

01-Nov-2020

ފަރުވާ ކުޑަކޮސް ކުރަންޔާ 30 ފަރު ކުރިޔަސް ނުވަނެ އެކަމެއް



ޓްރެންޑިން